ދުނިޔެ

ރޭލެއްގެ ތެރޭގައި ކަޅު ނަސްލުގެ މީހަކާ ދިމާކުރި ފަސިންޖަރެއްގެ ގައިގައި ޖަހާ "ބީތާ" ކޮށްލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމެރިކާގައި އަނިޔާވެރި ގޮތަކަށް މަރާލެވުނު ކަޅު ނަސްލުގެ މީހެއްކަމުގައިވާ "ޖޯޖް ފުލޮއިޑް"ގެ މަރަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ "ބްލެކް ލައިވްސް މެޓަރ"ގެ ނަމުގައި ހަޅުތާލުތަކެއް ކޮށްފައެވެ. އަދި އެ ހާދިސާއަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ ކަޅު ނަސްލުގެ މީހުންގެ ވާހަކަތައް މީޑިއާތަކުގެ ސަމާލުކަމަށް އަދި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައެވެ.

Ads by Sosun Fihaara

ކަޅު ނަސްލުގެ މީހުންނާއި ދިމާކޮށް ހަނގާކޮށް ހެދުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ކަމަކަށް ވަނީ ވެފައެވެ. އެމީހުންގެ ހަމަ އެކަނި ކުށަކީ "ކަޅު" ވުމެވެ. ބައެއް ގައުމުތަކުގައި ކަޅު ނަސްލުގެ މީހުންނަށް ވަރަށް ބޮޑެތި ތަފާތުކުރުންތައް ގެންގުޅެއެވެ.

ލަންޑަނުގެ ރޭލެއްގެ ތެރޭގައި ދޮން މީހަކު ކަޅުނަސްލުގެ މީހުންނާ ދިމާކޮށް ހަނގާކުރާ ވީޑިއޯއެއް މިވަނީ އަނެއްކާ ވެސް އާންމުވެފައެވެ. އެ ދޮން މީހާގެ އުމުރު ކަމަށް ބެލެވެނީ ގާތްގަނޑަކަށް 30 އަހަރު ކަމުގައި މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މާ ގިނައިރު ވަންދެން އެމީހާއަށް މި ކަޅުނަސްލުގެ މީހުންނާ ދިމާކުރެވޭ ގޮތެއް ނުވިއެވެ. ސަބަބަކީ ދިމާކުރަމުން ދިޔަ ކަޅުނަސްލުގެ މީހުންގެ ތެރެއިން އެކަކު އައިސް އޭނާގެ މޫނު މަތީގައި ޖެހުމުންނެވެ.

މިމީހާގެ ގައިގައި ކަޅުނަސްލުގެ މީހާ ޖެހުމުން އޭނާ ވަނީ ހަބަރު ހުސްވެގެން ވަގުތުން ވެއްޓިފައެވެ. އަދި އެ ރޭލުގައި ތިބި އެހެން ފަސިންޖަރުން ވަނީ އޭނާ ވެއްޓުމުން ހޭން ފަށާފައެވެ. އަދި އެވީ އޭނާއަށް ވާންޖެހޭ ގޮތް ކަމަށް ބުނެ އެއްޗެހި ކިޔާފައެވެ. އެހެން ނަމަވެސް އެއް ބަޔަކު މީހުން ވަނީ އޭނާގެ ހާލު ބެލުމަށް އޭނާއާއި ކައިރިވެފައެވެ.

ފަސިންޖަރަކު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ، އެ މީހާ ހަބަރު ހުސްވެފައި ދެން ހޭ އަރާއިރު، ރޭސިސްޓު މީހަކަށް ނުވާނެ ކަމަށް ހިތަށް އަރާ ކަމަށެވެ. މިކަން މީހުން ސިފަ ކޮށްފައިވަނީ 2020 ވަނަ އަހަރު މީހަކު ޖެހި އެންމެ މޮޅު ބޮކްސިންގް "މޫވް"ގެ ގޮތުގައެވެ. އަދި މިފަދަ މީހުންނާ ދޭތެރޭ ކަންކުރަންވީ މިހެން ކަމުގައިވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!