ދުނިޔޭގެ ފުރަތަމަ ދެފުށް ފެންނަ ފަތާފެންގަނޑު ހަދާ ނިމެނީ

ދުނިޔޭގެ ފުރަތަމަ ދެފުށް ފެންނަ ފަތާފެންގަނޑު ނިމުމަކަށް އަންނަ ކަމަށް ބޭރުގެ ޚަބަރު ތަކުން މައުލޫމާތު ލިބިއްޖެއެވެ.
ކުރިން އެމެރިކާގައި ތައްޔާރު ކުރެވުނު މި ފަތާފެންގަނޑު މިހާރު ވަނީ ލަންޑަނަށް ބަދަލު ކުރެވިފައެވެ. މި ފަތާފެންގަނޑު ބަދަލު ކުރުމުގައި ބޭނުން ކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ކެރޭނެވެ.
ކުރިން މި ފަތާފެންގަނޑު ހުޅުވުމަށް ނިންމާފައި ވަނީ “ސަމާ” އަށް ނަމަވެސް މިހާރު އެ ފަތާފެންގަނޑު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ “ސްޕްރިންގް” އަށް ކަމަށް ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް މި ފަތާފެންގަނޑު ހުޅުވުމަށް ހަމަޖެހުނު ދުވަސް ފަސްވި ސަބަބު އަދި އެނގިފައި ނުވާ ކަމަށް ވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

މިފަތާފެންގަނޑުން ފަތާ، ފެތުންތެރިންނަށް ލަންޑަންގެ ރީތި ހިތްގައިމު މާހައުލު އެ ފެންގަނޑުގައި އޮވެގެން ބަލާލެވޭނެއެވެ. މި ފަތާފެންގަނޑު އިމާރާތް ކުރެވިފައިވަނީ ލަންޑަންގެ ވަރަށް ހިތްގައިމު ދެ އިމާރާތެއްގެ ދޭތެރޭގައެވެ. މި ފަތާފެންގަނޑަށް ދެވިފައިވާ ނަމަކީ “ދަ ސްކައި ޕޫލް” އެވެ.