ޚަބަރު

އަންނަ ހަފްތާ އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ ބައެއް ގަޑިތަކުގައި ލިންކް ރޯޑު ބަންދުކުރަން ނިންމައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޕީއެސްއެމް ނިއުސް

އަންނަ ހަފްތާ އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ ބައެއް ގަޑިތަކުގައި ލިންކް ރޯޑު ބަންދުކުރަން ނިންމައިފިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މައުލޫމާތު ލިބޭގޮތުގައި، ލިންކު ރޯޑު އަދި ބޯށިމާ ހިނގުން ބަންދު ކުރަނީ އެ މަގުތަކުގައި ގާއިމުކުރަމުންދާ ސޯލާ ޕީވީގެ މަސައްކަތެއް ކުރުމަށްޓަކައެވެ.

އެގޮތުން، އެ މަސައްކަތްކުރުމަށް ލިންކް ރޯޑް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ އިތުރުން އެ ހަފްތާ ބުރާސްފަތި ދުވަހުގައި ކަމަށާއި އެ ދެދުވަހު، ލިންކް ރޯޑުގެ 4 ސަރަހައްދަކާއި ހުޅުމާލެ ބޯޝިމާ ހިނގުމުގެ ބައެއް ބަންދުކުރާނެކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މިގޮތުން މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ އެ ދެދުވަހުގެ ހެނދުނު 9:00 އިން ހަވީރު 16:00 އަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މިދެދުވަހު މަސައްކަތް ކުރަމުންދާ ގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމުގެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

Ads by HDC
  1. އަރުޝި

    ސޮކޫލުތަކަށް ދާ ކުދިން ކިހިނެއް ހަދަނީ