ޚަބަރު ސަރުކާރު

އިންތިހާބަށް 22 ދުވަސް: މަޑަވެއްޔާ ކޮލަމާފުށީގެ ބިން ހިއްކަން ހަވާލުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަޑަވެއްޔާއި ކޮލަމާފުށީގެ ބިން ހިއްކަން އެމްޓީސީސީއާއި ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގދ. މަޑަވެލި އަދި ގއ. ކޮލަމާފުށީގެ ބިން ހިއްކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

Ads by MWSC

މިއަދު ޕްލޭނިންގް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ކޮލަމާފުށީގެ ބިން ހިއްކަން ހަވާލު ކުރީ 44.3 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރީ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މަޑަވެލީގެ ބިން ހިއްކަން ހަވާލު ކުރީ 77.9 މިލިއަން ރުފިޔާ އަށެވެ. މިމަސައްކަތް ނިންމަން ހަވާލު ކުރީ 390 ދުވަހުގެ ތެރޭގަ އެވެ.

މީގެ އިތުރުން މިއަދު ވަނީ އިހަވަންދޫގައި މަސް ގަންނަ ފެސިލިޓީގެ ހާބަރ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފަ އެވެ. 60.2 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓު ނިންމަން ހަވާލު ކުރީ 500 ދުވަހުގެ ތެރޭގަ އެވެ.

ސަރުކާރުން މިމަޝްރޫއުތައް އެމްޓީސީސީއާއި ހަވާލު ކުރިއިރު ރިޔާސީ އިންތިހާބަށް ބާކީ އޮތީ 22 ދުވަހެވެ. އަދި މި ދަނޑިވަޅަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިންވެސް އެންމެ ފޯރި ގަދަވެފައިވާ ދަނޑިވަޅެވެ.

މިމަސް ފެށުނު ފަހުން ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އިއުލާންކޮށް އެއްބަސްވުންތަކުގައި ސޮއިވެސް ކޮށްފަ އެވެ. އެގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުންވެސް ފެށީ މިހަފްތާގެ ތެރޭގަ އެވެ.

މީގެ އިތުރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެއާއި އަތޮޅު ތެރޭގެ ރަށްތަކުންވެސް ފްލެޓު ދޫކުރަން ސަރުކާރުން ވަނީ މިމަސް ތެރޭގައި އިއުލާން ކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!