ޚަބަރު ސިޔާސީ

އަލިފުށި މީހުން ރައީސް ޞާލިޙަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް: އާދަމް ޝަރީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރ.އަލިފުށީ މީހުން ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލިފުށީގައި ސަރުކާރުން އަޅަން ފަށައިފައިވާ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުދާތީ، އެކަމާ ކަންބޮޑުވުންފާޅުކުރައްވައި، އާދަމް ޝަރީފު ކުރެއްވި ޓްވީޓުގައި، އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުދާކަން ހާމަކޮށްދިނުމަށް ވީޑިއޯއެއް ހިއްސާ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރުން 417 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ އެއާޕޯޓުގެ ޙާލަތު ކަމަށެވެ.

"އެއާޕޯޓު ހަދަން ވެލި ނަގަނީ ރަށުގެ ފަޅުތެރެއިން. އެއާޕޯޓު ނިންމާނީ ޕީއެންސީ އާއި ޕީޕީއެމްގެ ކޯލިޝަނުން އެކުލަވައިލާ މުޢިއްޒުގެ ސަރުކާރުން."

އަލިފުށީގެ އެއާޕޯޓް މަޝްރޫއު އެމްޓީސީސީ އާއި ޙަވާލު ކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

އެއާޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ, އޭޕްރަން އަދި ސާވިސް ރޯޑު ހަދާނެއެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ގްރޮއިންއެއްވެސް ގާއިމުކުރަން އެމްޓީސީސީން އެއްބަސްވެފައިވެއެވެ.

އެމްޓީސީސީން ކުރިން ބުނީ, މަޝްރޫޢަކީ އަގުގެ ގޮތުންނާއި މަޝްރޫޢުގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!