މި ސަރުކާރަށް މަސައްކަތްކޮށް ކޮށްވެސް ބުރިޖެއް ނޭޅުނުކަމަށް ޕީއެންސީގެ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެޖެއްޖެއެވެ.
ކުރިއަށް އޮތް އިންތިޚާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން ހިންގާ ތިލަމާލެ ބްރިޖު ޕްރޮޖެކްޓަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ހިތަދު އާއި ހުޅުމީދުއާ ދެމެދުގައި ވެސް ބްރިޖެއް އެޅުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެއްކަމަށާއި ބްރިޖެއް އެޅި ސަރުކާރަކާއި ބްރިޖެއް އަޅަން އުޅެ ނޭޅުނު ސަރުކާރެއް ވެސް ރައްޔިތުންނަށް ތަޖުރިބާ ކުރެވިއްޖެކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ބްރިޖަކީ ދިވެހި ރައްޔިތުންނަށް ފެނިގެން ގޮސްފި، ރައީސް ޔާމީން ބްރިޖު އަޅުއްވާފައި އޮތް ތަން. ދެން ވެސް އިރާދަކުރެއްވިއްޔާ ބްރިޖު އަޅާނީ ޕީޕީއެމް/ޕީއެންސީން. އެ ކަނިކުފާނު [ޔާމީން] ބްރިޖު އެޅި ގޮތަށް އަނެއްކާވެސް ބްރިޖު އެޅިގެން ދާނީ މި ސިޓީގައި" މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ދޭއިރު އާންމުން އެކަމާ މެދު ވަރަށް ރަނގަޅަށް ވިސްނުމަށާއި، ބްރިޖަކީ އެއާ އެކު ޤައުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ވަރުގަދަ އިންވެސްޓްމަންޓެއް ކަން ޔާމީންގެ ސަރުކާރުގައި، ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު އެބޭފުޅާގެ ވެސް ބެއްލެވުމުގެ ދަށުން އިމާރާތްކުރި ސިނަމާލެ ބްރިޖާ އެކު މިހާރު ޔަގީން ވެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި ކުރިއަށް އިތް ރިޔާސީ އިންތިޚާބުގައި ކާމިޔާބުވެއްޖެ ނަމަ، ހުޅުމީދޫ-ހިތަދޫ ބްރިޖު ހަގީގަތަކަށް ހަދައިދޭނެ ކަމަށާއި އެއީ އައްޑޫގެ ޓޫރިޒަމަށާއި ވަޒީފާގެ ބާޒާރަށް ވެސް ހީނުކުރާ ވަރުގެ ކުރިއެރުމެއް ލިބޭނެ މަޝްރޫއެއް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި ބްރިޖު އެޅުމުގެ މަޝްރޫއުތައް މިހާތަނަށް ތަފާތު ފެނިފައި ވާނީ. ބްރިޖެއް އެޅުނު ތަނާއި އަޅަން އުޅެ ނޭޅުނު ތަނާ ފެނިފައި ވާނީ.... އެހެންވީމާ ރައްޔިތުން ހިޔާރުކުރަންވީ ބްރިޖު އެޅިފައި ތިބި ފަރާތްތޯ، އަޅަން އުޅެ ނޭޅުނު ފަރާތްތޯ ތިމަންނަމެން ގައުމު ހަވާލުކުރަންވީ" މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ސަރުކާރުން ތިލަމާލެ ބްރިޖު އިންޑީއާގެ އެހީއާއެކު ހިންގާ ގޮތާއިމެދު އެކި ފޯރަމްތަކުގައި މުއިއްޒު ވާހަކަފުޅުދައްކަވާފައިވާއިރު، އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ކަންކަން ހިންގަނީ އެންމެ ރަނގަޅަށް ނޫން