ޚަބަރު ވިޔަފާރި

ކަޅުބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާވެސް އުފުލިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާވެސް އުފުލިއްޖެ އެވެ.

Ads by STELCO

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަޅުބާޒާރުގައި ޑޮލަރު ލިބެން ހުރީ 16 ރުފިޔާ އާއި 17 ރުފިޔާއާއި ދެމެދުގެ އަގެއްގަ އެވެ. އެހެންނަމަވެސް މިހާރު ޑޮލަރު ލިބެނީ 18 ރުފިޔާއާއި އޭގެ މަތިންނެވެ.

ޑޮލަރުގެ ވިޔަފާރި ކުރާ މީހަކު ބުނީ އަގު އުފުލި ކުދި އަދަދުތަކުން ޑޮލަރު ވިއްކަނީ 18.10 ރުފިޔާ އާއި 18.30 ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް ބޮޑެތި އަދަދުތަކުން ޑޮލަރު ގަންނަ ފަރާތްތަކަށް 17.90 ރުފިޔާއަށް ވިއްކާކަމަށް އޭނާ ބުންޏެވެ.

ވިޔަފާރިވެރިޔާ ބުނީ ޑޮލަރުގެ އަގު އުފުލުނީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. އަދި އަގު އުފުލުނީ ނަގުދު ފައިސާއިން ޑޮލަރު ލިބޭ ވަރު ވަރަށް ބޮޑަށް މަދުވުމުންކަމަށް އޭނާ ބުންޏެވެ. މިހާރު ފަތުރުވެރިން ގިނައިން ވިޔަފާރި ކުރަނީ ކާޑުންކަމަށް އޭނާ ބުންޏެވެ.

މިދިޔަ ހައްޖު ދުވަސްވަރާއި ދިމާކޮށްވެސް ޑޮލަރުގެ އަގު ވަރަށް ބޮޑަށް މައްޗަށް އުފުލުނެވެ. އޭރު ޑޮލަރެއް ލިބެނީ 18.30 ރުފިޔާ އަށެވެ. އެެންނަމަވެސް އޭގެ ހަފްތާއެއް ފަހުން އަގު ވަނީ 17.50 ރުފިޔާއަށް ވެއްޓިފަ އެވެ.

ރާއްޖެއަށް ޒިޔާރާތް ކުރާ ފަތުރުވެރިން މިހާރު އިތުރުވަމުން ދިޔަނަމަވެސް ބާޒާރުގައި ޑޮލަރު ދައުރުވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ޑޮލަރުގެ އަގު މިފަހުން އެންމެ ބޮޑަށް އުފުލުނީ ކޮވިޑް-19 އާއި ދިމާކޮށް 2020 ވަނަ އަހަރެވެ. އޭރު ޑޮލަރު ރޭޓަކީ 20 ރުފިޔާ އެވެ. މިއަގު ތިރިވީ 2021 ވަނަ އަހަރުގެ ކުރީކޮޅެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!