ޚަބަރު

އަޅުގަނޑުގެ ބަހާއި ޢަމަލާ ދިމާވާނެ, މިއީ ހަމައެކަނި ވޯޓު ހޯދަން ދައްކާ ވާހަކަތަކެއް ނޫން: މުޢިއްޒު 

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމަނިކުފާނުގެ ބަހާއި ޢަމަލާ ދިމާވާނެ ކަމަށާއި މިއީ ހަމައެކަނި ވޯޓު ހޯދަން ދައްކާ ވާހަކަތަކެއް ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. މިލަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުމެ ހުރީ ހަމައެކަނި ވޯޓު ހޯދަން ވާހަކަ ދެއްކުމަށް ނޫން ކަމަށެވެ. އަދި އެގޮތަށް ވާހަކަ ނުދައްކާނެ ކަމަށާއި ބަހާއި އަމަލާ ދިމާވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަކީ ވަރަށް ހީވާގި ޓީމެއް ކަމަށާއި އެ ޓީމުގެ މަސައްކަތް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.

" ބަހާއި އަމަލާއި އަޅުގަނޑުގެ ދިމާވާނެ. ދިމާވާތަން ފެންނާނެ. އަޅުގަނޑުމެންގެ ޓީމް, ޕީޕީއެމް/ޕީއެންސީގެ ޓީމަކީ ވަރަށް ހީވާގި ޓީމެއް. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެންނާނީ މި ޓީމުގެ މަސައްކަތް" މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މަޑުއްވަރީން ސާފު މެޖީރިޓީއަށްވުރެ ވެސް މައްޗަށް ހޯދަން ޖެހޭ ކަމަށާއި އެމަނިކުފާނުގެ ފަރާތުން ރައްޔިތުން އެދޭ ކަންތައްތައް ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC
  1. އަލީރަޝީދު ހުޅުމާލެ

    ދުވަހަކުވެސް ދިމާވެފައެއް ނެތް! ހައުސިންގ މިނިސްޓަރު ކަމުގައި ހުރިއިރު އަޅުގަޑުގެ އާހާބަރު ކަޑައެއް ދަމައިގަތީ މުޅިން މަކަރާ ހީލަތް ހަދައިގެން އެހެން ތަނެއް ބަދަލުގައި ދޭނެކަމުގައި ލިޔުންވެސް ދީފައެވެ. ތިޔައީ މުޅިން މަކަރާ ހީލަތުން މީހުންގެ ހައްގު ދަމައިގަންނަ މަކަރުވެރި މީހެކެވެ.

  2. ހާލުފީ

    ތީ ވޯޓް ހޯދަން ދައްކާވާހަކައަކަށް ނުވަންޏާ ވޯޓެއް ނުދޭނަން.