ޚަބަރު ސިޔާސީ

ރިޔާސީ ބަހުސްގެ ދައުވަތު މުއިއްޒު ގަބޫލުކުރައްވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ބާއްވަމުން އަންނަ ރިޔާސީ ބަހުސްގެ މިއަހަރުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ދިން ދައުވަތު ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވައިފި އެވެ.

Ads by Sosun Fihaara

ރިޔާސީ ބަހުސް އަކީ ރިޔާސީ އިންތިހާބު އޮންނަ ކޮންމެ އަހަރަކު ކެމްޕެއިންގެ ފަހު ދުވަސްތަކުން ދުވަހެއްގައި ވަގުތުން ދުރަށް ފޮނުވާ ޕްރޮގުރާމެކެވެ. މި ބަހުސްގައި ކުރިއަށް ގެންދަނީ ކެނޑިޑޭޓުންގެ މައުލޫމާތާއި، ތަޞައްވަރާއި، ސިޔާސަތުތަކުގެ އިތުރުން ފަސް އަހަރުގެ ދައުރުގައި ގައުމަށް ކޮށްދެއްވާނެ ކަންކަމުގެ ބަހުސް އެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަހުމަދު ތޮލާލް ވިދާޅުވީ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް މިމަހު 22 ވަނަ ދުވަހު އެމްއެންޔޫއިން ފޮނުވި ދައުވަތު ހަމަ އެދުވަހު މުއިއްޒު ގަބޫލުކުރައްވާފައިވާ ކަމަށެވެ.

މިބަހުސްގައި މުއިއްޒު ބައިވެރިވެވަޑައިގަންނަވަން ނިންމާފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމާއިމެދު އަދި ގޮތެއް ނުނިންމަވަ އެވެ. އެމަނިކުފާނުގެ އިންތިހާބީ އޭޖެންޓު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް ޞާލިހު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ ވަގުތު ލިބިލައްވާކަމުގައި ވަނީނަމަ ކަމަށެވެ.

ރައީސް ޞާލިހު 2018 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރެއްވިއިރުވެސް އެއަހަރު އޮތް ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެމްޑީޕީގެ ޓިކެޓުގައި ރައީސް މުހައްމަދު ނަޝީދު ނިކުންނެވި ދެ އަހަރުވެސް ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަހަރުގެ ރިޔާސީ ބަހުސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ އެކެއްގަ އެވެ.

Ads by HDC
  1. ވަގީބު

    ވަގުތުން ކުރާ ކަމެއްގާ ބައިވެރި ނުވާތ. މުއިއްޒު އެކަނި އަރުވައިގެން ހަޑިހާވަން ބަހައްޓާ. ވަގުތު ނޫހަކީ ވިކިފަ ތިބޭ ބައެއް ހިންގާ ނޫހެއް.