ޚަބަރު ސިޔާސީ

މުޢިއްޒުގެ ވައުދެއް: އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ހޮސްޕިޓަލެއް ޤާއިމްކުރާނަން

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމްކުރައްވާނެ ކަމަށް ޕީއެންސީގެ ކެނޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ދޭ ފަރުވާ ހަރުދަނާކުރުމަށް ރާއްޖޭގައި ވަރަށް ބައިވަރު ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.

އެގޮތުން ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތް ދޭ ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރާނެ ކަމަށާއި އެއީ މި ސަރަަހައްދުގައިވެސް ހުރި އެފަދަ އެންމެ ރަނގަޅު ހޮސްޕިޓަލަށްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާބަނޑުމީހުންނާއި ކުޑަކުދިންނަށް އިންޓަރނޭޝަލް ފެންވަރުގައި އެންމެ ރަނގަޅު ޚިދްމަތްދެވޭ އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި ޤާއިމްކުރާނަން. އެ ހޮސްޕިޓަލަކީ މި ސަރަޙައްދުގައިވެސް އެންމެ ރަނގަޅު ފެންވަރުގައި ޚިދްމަތްދެވޭ ހޮސްޕިޓަލަށް ވެގެންދާނެ" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އުނގެނުމާއި ރިސަރޗް ހެދުމާއި ޢިލްމީ ގޮތުން ކުރިއަށް ދިއުމާއި ތައުލީމީ ޖީލެއް ބިނާކުރުމަށް، ފުވައްމުލައް ސިޓީގައި ޒަމާނީ ފެންވަރުގެ ލައިބްރަރީއެއް ގާއިމްކޮށްދޭނެ ކަަމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!