ޚަބަރު

މުއިއްޒުއަށް މަޑަވެލިން ވެސް ހޫނު މަރުހަބާއެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ގދ.މަޑަވެލިން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

Ads by Hajj Corporation

މިއަދު މުއިއްޒު ދަތުރު ކުރައްވަމުން ގެންދަވަނީ ގދ.އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެގޮތުން މިއަދު ގދ.ގައްދޫ، ގދ.ނަޑެއްލާ އަށް ވަޑައިގަތުމުން އެ ދެރަށުން ވެސް އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މުއިއްޒު އިއްޔެ ވަޑައިގެންފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެ ސިޓީގައި ރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. މި ޖަލްސާގައި މުހިންމު ގިނަ ވަޢުދުތަކެއް މުޢިއްޒު ވެވަޑައިގެންނެވިއެވެ.

އެކަނިވެރި މައިންނާ ބަފައިންނަށް ދަރިން ބެލެހެއްޓުމަށްދޭ އެލަވަންސް، 4 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށްދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްދޭން ވައުދުވެވަޑައިގެންނެވިއެވެ.

މުއިއްޒުގެ މެނިފެސްޓޯގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިފައިވަނީ ގެދޮރުވެރިކަމުގެ ސިޔާސަތަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!