ޚަބަރު

ހޮނޑާފުށި ރިސޯޓުން ކަނޑާލި ޝިމްހާޒް ޓްރައިބިއުނަލަށް ދަނީ

ދެން އެމްވީ ، ދެން އޮންލައިން

ހޮނޑާފުށި ރިސޯޓުގެ ވަޒީފާ އިން ވަކިކުރި އަހްމަދު ޝިމްހާޒް އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ނިންމައިފިއެވެ.

Ads by STELCO

ތ. ގުރައިދުއަށް ނިސްބަތްވާ ޝިމްހާޒް ބުނީ އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގައި އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ނިންމާފައިވާ ކަމަށެވެ.

ޝިމްހާޒް ވަޒީފާ އިން ވަކިކޮށްފައި ވަނީ ހޮނޑާފުށި ރިސޯޓުން ދޭ ސާވިސްޗާޖް ކުޑަ ކަމުން އެ މައުލޫމާތު ރިސޯޓް ބޯއީސް އެފްބީ ޕޭޖަށް ހިއްސާކުރި ކަމަށް ބުނެއެވެ. ޝިމްހާޒް ބުނީ ރިސޯޓް ބޯއީސް އެފްބީ ޕޭޖަށް އެ މައުލޫމާތު އޭނާ ހިއްސާ ކުރާ ވީޑިއޯއެއް ލިބިފައިވާ ކަމަށް ރިސޯޓް މެނޭޖްމަންޓުން ބުނާ ކަމަށެވެ.

ޝިމްހާޒް ބުނީ ރިސޯޓުން އޭނާ އަށް ފުރަތަމަ އެންގީ އިސްތިއުފާގެ ސިޓީ ލުމަށް ކަމަށެވެ. ނަމަވެސް ވަޒީފާ އިން ވަކިވާންޖެހޭ އެއްވެސް ކަމެއް އޭނާ ކޮށްފައިނުވާތީ އެކަން ކުރެވެން ނެތް ކަމަށް އަންގާފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ސެކިއުރިޓީއެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އައި ޝިމްހާޒް ބުނީ އޭނާގެ މުސާރަ އަކީ އެންމެ 4000 ރުފިޔާ ކަމަށެވެ. އަދި ހެނދުނު 7:00 އިން ހަވީރު 5:00 އަށް މަސައްކަތް ކުރަންޖެހޭއިރު ގެސްޓުން ބަލިވެއްޖެނަމަ އެމީހުން ގޮވައިގެން ހޮސްޕިޓަލަށް ދާންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ހޮނޑާފުށި ރިސޯޓުން މުވައްޒަފުންނަށް ދެނީ އެކަށީގެންވާ މުސާރައެއް ނޫން ކަމުގައިވާއިރު، ސާވިސް ޗާޖްގެ ގޮތުގައި ދެނީ އެންމެ 11 ޑޮލަރެވެ.

ޝިމްހާޒް ބުނީ އޭނާގެ އިތުރުން އިތުރު މުވައްޒަފުންތަކަކަށް ވެސް ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!