ޚަބަރު

ރައީީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން، މަޑަވެއްޔަށް ތަރައްޤީގެ އަސަރެއް ނުފޯރާ: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނު ފަހުން، މަޑަވެއްޔަށް ތަރައްޤީ ނާންނަ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަޑަވެލީގެ ރައްޔިތުންނާއި މިއަދު ބައްދަލުކުރައްވައި މުއިއްޒު ވަނީ ތަރައްގީގެ އަސަރު އެ ރަށަށް ނުފޯރާތީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ.

އެގޮތުން އެ ރަށުގައި ފެށި ނަރުދަމާގެ މަސައްކަތް މަޑުޖެހިފައިވާއިރު، ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ 35 އިންސައްތަ ނުނިމެނީސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ ރަށަށަށް ވަޑައިގެން އެ މަޝްރޫޢު އިފުތިތާހުކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުއިއްޒު އިތުރަށް ވިދާވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ.

"މިއީ ފުރުސަތު، ނިންމަން ލިބޭ ފުރުސަތު މިގޮތުގައި އިތުރު ފަސް އަހަރު ހޭދަކުރާނީތޯ ނުވަތަ ތަރައްޤީގެ މަގުގައި ކުރިއަށްދާނީތޯ ނިންމަން ރައްޔިތުންނަށް ލިބޭ ފުރުސަތު."

މުއިއްޒު އިތުރަށް ވިދާޅުވީ، މިއީ އެހެން ބައެއްގެ އަަޅުވެތިކަމުގައި ޣަރަޤުވާނީތޯ ދިވެހިންގެ ރާއްޖެ ގެންނާނީތޯ ނިންމަންވީ ވަގުތު ކަމަށެވެ.

މަޑަވެލީގެ ތަރައްޤީއަށް އެންމެ މުހިންމީ ބިމުގެ ޖާގަ އިތުރުކުރުންކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ އެ ރަށުގައި ތަރައްޤީގެ މަސައްކަތްތަކެއް ހިންގޭނީ ބިމުގެ ޖާގަ އިތުރުކޮށްގެން ކަމަށްވާތީ، އެ ރަށަށް 30 ހެކްޓަރެއްހައި ބިން އިތުރުކޮށްދެއްވުމާއެކު އެތަނުގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގައި، ރައްޔިތުންނަށް ގެދޮރު ބިނާކުރެވޭނެ މަގުތައް ކޮށައިދެއްވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!