މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މަގާމުން އިސްތިއުފާދެއްވައި ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ޝާހު ވަނީ އެބޭފުޅާގެ އިސްތިއުފާގެ ސިޓީ މިއަދުގެ ވަގުތެއްގައި ރައީސް އޮފީހަށް ފޮނުއްވާފައެވެ. އަދި އެ ސިޓީގައި އިސްތިއުފާ ދެއްވަން ނިންމެވީ މި ވަގުތު އެބޭފުޅާގެ ވިސްނުމާއި ފިކުރު، ޖޭޕީގެ ސިޔާސީ ވިސްނުމާ ތަފާތުވެފައިވާތީ ކަމަށް ފާހަގަކުރައްވަމުން ޖޭޕީއިން ވެސް އިސްތިއުފާ ދެއްވާފައިވާކަން ހާމަވެފައިވެއެވެ.

ފޮޓޯ: މީސްމީޑިއާ
މި ސަރުކާރުގައި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއަށް ހިދުމަތްކުރުމަށް ކުރެއްވި މަސައްކަތުގައި ޝާހުގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން އާންމުންނަށް މަންފާކުރާނެ ސިޔާސަތުތައް ކުރިއެރުވުމަށް ފުރުސަތު ނުދެއްވާކަމަށާއި ރާއްޖޭގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ރައީސް ޞާލިޙްއާ ބައްދަލުކުރައްވައި ވާހަކަދެއްކެވުމުން ވެސް ކުރިމަގެއް ފެނިވަޑައިނުގަތް ކަމަށް ޝާހުގެ ސިޓީގައި ލިޔުއްވާފައިވާކަމަށް މައުލޫމާތުލިބެއެވެ.
ޝާހުވަނީ މަގާމުން އިސްތުފާ ދެއްވުމަށް ފަހުދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވައި، އެ ޕާޓީ އުފެއްދުވުމުގައި އިސްކޮށް ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ފޯމު ހަވާލުކުރައްވައިފަ އެވެ.
ބުރަނދަ ބާނަން ފަސޭހަވާނީ ހުސްބުޅީގައި. ޕޕމ ނުވަތަ މޑޕ އަށް ނުގޮސް ކޮޅުކޮޅަށް ކިރެނީ އެންކޮޅު ރަގަޅުވަންދެން.
ޓްރާންސިޓް ބަނދަރަށް މިފޭބީ އިންތިހާބު ނިމެންދެންތާދޯ..
ލަދުކޮބާ