ޚަބަރު

ރައީސް ޞާލިހް އުޅެނީ ހަމަނުޖެހުން އުފައްދަން, އެ ޖާގައެއް ނުދޭނަން: ރައީސް ނަޝީދު 

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އުޅެނީ ހަމަނުޖެހުން އުފައްދަން ކަމަށާއި ނަމަވެސް އެޖާގަ ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފި ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި 2008 ގައި ވެރިކަން ބަދަލުވި ފަހުން މެދުކެނޑުމެއް ނެތި ހައެއްކަ އަހަރު އެމްޑީޕީ މަގުމަތީ ތިބެން ޖެހުނެވެ. އޭގެ ފަހުން އަނެއްކާވެސް ވެރިކަމަށް އާދެވި، ރައްޔިތުންނަށް ވި ވައުދުތައް މެދުކެނޑުމެއް ނެތި ފުއްދަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ދެވަނަ ދައުރަކަށް ނުގޮސްފިއްޔާ ހަމަނުޖެހުން އުފެދިދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމުން ކަންބޮޑުވާ ކަމަށެވެ. " އެއުޅެނީ ހަމަނުޖެހުން އުފައްދަން. އަޅުގަނޑުމެން އެޖާގައެއް ނުދޭނަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި އިންތިހާބު ނިންމާލާނީ އަމާން އޮމާން އިންތިހާބެއްގެ ގޮތުގައި ކަމަށާއި ރައީސް ޞާލިޙް ބަލި ކުރާނެ ކަމަށެވެ. އަދި މި އިންތިހާބު ވެގެންދާނީ ހަމަޖެހޭ, އިންސާފުވެރި އިންތިހާބަކަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by HDC
  1. ަ ހަފްސާ

    މީނަގެ ޕާޓީ ހޮވިގެން ނޫންގޮތަކަށް އިންތިޚާބު ސައްހަ ނުވާނެ މީނައަކަށް. ސަޕޯޓް ނެތަސް މީނަ ހޮވެންޖެހޭނީ.

  2. ހަސަންބެ

    ތީހުރިހާ ނުބައެއް ހަދާނެ އަދި ހައިޖާންހަދަން ރާވާނެ ޅާއަކީވެސް ކަލޭމިހާރު ހުންނާނީ ޖަރީމާހިންގަން ރާވާފަ ޔަގީން