ޚަބަރު

މުޢިއްޒު ކޮށްދެއްވާނީ، ތަރައްޤީއިން ފުރިފައިވާ އުފާވެރި ވެރިކަމެއް: ޝަހީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ކޮށްދެއްވާނީ ތަރައްޤީއިން ފުރިފައިވާ އުފާވެރި ވެރިކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަހީމް މިފަދައިން ވިދާޅުވީ، ލ.ފޮނަދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

ޝަހީމް ވިދާޅުވީ އޭނާ މީގެ އެތައް އަހަރެއް ކުރިން ވެސް، މުއިއްޒު ދަންނަ ކަމަށާއި، އެމަނިކުފާނަކީ ވަރަށް އަޚްލާޤް ރަނގަޅު ބޭފުޅެއް ކަމަށެވެ.

"ޢިލްމީ ބޭފުޅެއް، ހީވާގި، މުރާލި ބޭފުޅެއް. މިފަދަ ސިފަތައް މިއީ، އަޅުގަނޑުމެންގެ މި ޒަމާނުގެ، 21 ވަނަ ޤަރުނުގައި އަޅުގަނޑުމެންގެ ދަޢުލަތުގެ ވެރިއެއްގެ ހުންނަން ޖެހޭނީ، މި ޒަމާނުގެ ތަޢުލީމު ލިބިފައިވާ މީހެއް."

ދިވެހި ޤައުމު މިހާރު ބޭނުންވަނީ އިސްލާހީ ބަދަލެއް ކަމަށް ވިދާޅުވެ، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ޤާބިލު ކެންޑިޑޭޓަކީ މުޢިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް މުޢިއްޒު ސިފަކުރެއްވި، އިލްމުވެރި، އަދި ހިލްމުވެރި ބޭފުޅެއްގެ ގޮތުގައެވެ.

އެގޮތުން އެމަނިކުފާނާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓުން، ޒާތީ ބަސްތައް ބުނަމުންދާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

"މޭވާ އަޅާ ގަހަށް ގާ އުކާނެ ނޫންތޯ؟ އެކަމަކު ބައްލަވާ، ޑރ.މުހައްމަދު މުއިއްޒު، އެއިން އެއްވެސް ބޭފުޅަކަށް އެއްޗެއް ވިދާޅެއް ނުވޭ. މިއެއް ނޫންތޯ، ހިލްމުވެރި ކަމަކީ؟"

ޝަހީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި، މުއިއްޒު ވެރިކަމަށް އިންތިހާބު ކުރަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ރާއްޖޭގެ މިނިވަންކަން ނަގަހައްޓަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

 

Ads by HDC
  1. ﷲަތހުނ

    ި

  2. ޜަނގަޅު ތެރިި އެއް ިި
    އހުލާސްތެރ