އިތުރު ޓެކްސްއެއް ނުނަގާނަން, ނަމަވެސް ޓެކްސް ބޭސް ބޮޑު ކުރާނަން: ޑރ. މުޢިއްޒު

އިތުރު ޓެކްސް އެއް ނުނަގާނެ ކަމަށާއި ނަމަވެސް ޓެކްސް ބޭސް ބޮޑު ކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ރިޔާސީ ބަހުސްގައި ރާއްޖެއިން 2026ގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އެކަމަށް އޮތް ޕްލޭނަކީ ކޮބައިތޯ ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން މުޢިއްޒު ވިދާޅުވީ ދައުލަތުގެ ދަރަނި މިހާރު މިއޮތީ އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
އަދި، ފައިސާ ޕްރިންޓު ކުރުން ހުއްޓުވަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އިގްތިސާދީ ހޭރިޔާ ވެގެންދިއުން ނުހުއްޓުވޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
އިތުރު ޓެކްސްއެއް ނުނަގާނަން. އެކަމަކު، ޓެކްސް ބޭސް ބޮޑު ކުރާނަން
މުއިއްޒު ވިދާޅުވީ އޭނާ އިސްކުރައްވާނީ ދިވެހީންނަށް އެންމެ ފައިދާ ބޮޑު ޚާރިޖީ ސިޔާސަތު ކަމަށާއި ދިވެހިންގެ ވަށާފާރު މަތިން ނާރާހާ ހިނދަކު ހުރިހާ ގައުމަކާ ވެސް ގުޅުން ބާއްވާނެ ކަމަށެވެ.