ޚަބަރު

ރައީީސް ޔާމީން ޖަލަށްލީ ރައީީސް ޞާލިޙު: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް އެމަނިކުފާނުގެ އެންމެ އިސް ޤާނޫނީ ވަކީލު، ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖަމީލު މިފަދައިން ވިދާޅުވެފައިމިވަނީ ރޭ ބޭއްވި ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ޖަލަށް ލުމުގައި އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ރައީސް ޞާލިޙު ވިދާޅުވުމުންނެވެ.

ޖަމީލު ރައްދުގައި ކުރެއްވި ޓްވީޓްގަސި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލެއްވީ ރައީސް ޞާލިޙު ކަމަށާއި، އެމަނިކުފާނު އެކަން ކުރައްވައިފައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބޭނުން ކުރައްވައިގެން ކަމަށެވެ.

ޖަމީލު ކުރައްވައިފައިވާ ޓްވީޓުގައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުކުރުމަށް، ދައުލަތުން ބޭނުން ކުރީ  ދެ ފާސިގު ކުށްވެރިން ކަމަށް ވިދާޅުވެފައެވެ.
އެއީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ ޒިޔަތު ކަމަށްވެސް ޖަމީލު ވިދާޅުވެފައިވެއެވެ.
އެ ދެމީހުންނަށް ބޮޑު ޚިޔާނާތާއި ގުޅިގެން ބޮޑެތި ޙުކުމްތައް އައިއިރު، ދެ މީހުން ވެސް ތިބީ ބޮޑެތި ޙުކުމްގައި ގޭގައިކަމަށާއި އެ ދެމީހުންނަށް ހަދިޔާގެ ގޮތުގައި ގިނަ ލުއިތަކެއް ދީފައިވާކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

  1. ހުސޭނުބެ

    ދައުލަތަށް ލިބުނު ފައިސާ ޔާމީން އެކައުންޓަށް ވެއްދީވެސް ރައީސް ސޯލިހު ހެްއްޔެވެ؟ މޮޔަ ވާހަކަ ދެއްކީމާ ބޭޒާރުވާނީ ތިމާގެ ޖާހިލުކަމެވެ.