Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވަޢުދުތައް ނުފުއްދާތީ ކުޅުދުއްފުށީގައި އަޑު އުފުލައިފި

ވަޢުދުތައް ނުފުއްދާތީ ކުޅުދުއްފުށީގައި އަޑު އުފުލައިފި

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހދ.ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި ވަޢުދުތައް ނުފުއްދާތީ، އެ ރަށުގެ ރައްޔިތުން ނުކުމެ އަޑު އުފުލައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ވަގުތާއި ދިމާކޮށް، އެ ސިޓީގެ ބަނދަރު ސަރަހައްދަށް އެއްވެ، ނުފުއްދާ ވަޢިދުތައް، ބެނާތަކުގައި ލިޔެ، ރައްޔިތުން ވަނީ އަޑުއުފުލައިފައެވެ.

ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުން ވެސް އެއްވެ ފޯރިމަރަން ތިއްބެވެ.

Advertisement
Ooredoo — Square (box)

ރައީސްއާ ދެކޮޅަށް ޝުއޫރުފާޅުކުރި މީހުން ވަނީ އެ ސިޓީއަށް ވެފައިވާ ބައެއް ވަޢުދުތައް ކަމުގައިވާ، ޓިވެޓް ސެންޓަރު ގާއިމު ކުރުމާއި ޓާޝިއަރީ ހޮސްޕިޓަލުގެ އާ އިމާރާތާއި، ސިންތެޓިކް ޓްރެކް އަދި ކޮޗިން ފެރީ ފަދަ ވައުދުތައް ވެސް ނުފުއްދާކަން ފާހަގަކޮށްފައެވެ.

ރައީީސްގެ ކެމްޕެއިން ދަތުރުފުޅުތަކާއި ދިމާކޮށް، ބައެއް ރަށްރަށުގައި މިގޮތަށް އަޑު އުފުލަމުންދެއެވެ. އަދި މިފަދަ އެއްވުންތަކަށް ފުލުހުން ވެސް ހުރަސް އަޅައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް