ޚަބަރު ސިޔާސީ

ތަރައްގީއަށްވުރެ ޤައުމުގެ އަމިއްލަވަންތަކަން މާ މުހިއްމު: މުއިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ތަރައްގީއަށްވުރެ ދިވެހިންގެ އަމިއްލަވަންތަކަން މާ މުހިއްމު ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އދ. މާމިގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މުޢިއްޒު ވިދާޅުވީ ތަރައްގީއަށްވުރެ މިގައުމުގެ އަމިއްލަވަންތަކަމާއި، ދިވެހި ގައުމުގެ ގޮތުގައި އޮންނަ އޮތުމާ މެދު އޮތް ސީރިއަސް މައްސަލަ މާ މުހިންމު ކަމަށެވެ.

"އެހެންވީމާ މިހާރުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތްގޮތުން އަޅުގަނޑުމެންގެ މިނިވަންކަމަކީ މިތިބަ ތުއްތު ކުދިންގެ މުސްތަގުބަލުގެ އުޖާލާކަން އެއްކޮށް ބަނަވެގެންދާ ހިސާބުގައި އޮތް ކަމެކޭ،" މުއިއްޒު ވިދާޅުވިއެވެ.

މާމިގިއްޔަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ޕޯޓުގެ ހިދުމަތް އަލުން ފެށުން, ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދިނުން،, ބޭންކުގެ ބުރާންޗެއްް ގާއިމު ކުރުން، އެމްއެންޔޫ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމު ކުރުން އަދި ސްޕޯޓްސް ފެސިލިޓީއެއް ގާއިމު ކުރުން ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!