ޚަބަރު

ޕީޕީއެމްގެ މެންބަރުން އިލްޔާސް ލަބީބަށް ވޯޓް ދޭން ރައީސް ނަޝީދު އެދިވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުރީގެ ރައީސް މުހައްމަދު ނަޝީދު

އިދިކޮޅު ޕީޕީއެމްގެ މެންބަރުން އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި, ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓް ދެއްވަމުން, މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by MWSC

ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ, އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިޙް ނޫން ގޮތެއް އިންތިޚާބުގައި ހޯއްދަވަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އޮތް މަގަކީ ޕީޕީއެމްގެ މެންބަރުން އެމަނިކުފާނުގެ ޕާޓީގެ މެންބަރު އިލްޔާސް ލަބީބަށް ވޯޓް ދީގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު, ރޭ ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަބަލުން މެޑަމް ފާތުން ހިންގަވާފައި ދަނިކޮށް, އެތަނަށް ވަޑައިގެން ސަލާމް ކުރައްވާ, ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާފައެވެ.

މީގެ ކުރިން ރައީސް ނަޝީދާއި ޕީޕީއެމް އިން ވަނީ ކޮމަން ކެނޑިޑޭޓެއް ނެރުމަށް މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އެކަންވާ ގޮތް ނުުވެ, ޕީއެންސީގެ ޓިކެޓް ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއަށް އަރުވާފައެވެ.

ރައީސް ނަޝީދު މީގެ ކުރިން ވެސް ޕީޕީއެމްގެ މެންބަރުންގެ ތާއީދު ހޯއްދެވުމަށް ވަނީ މަސައްކަތް ކުރައްވާފައެވެ.

Ads by Allied Insurance
  1. ދޮށީބޭ

    ގޮނޑިދުއްވާ ސިޔާސަތު ކަމަކުނުދޭ!ކޮހުންކޮސްފަޅާފަހުރި،އާދަމުގެދަރިއެއް.

  2. ފެއިލްވެއްޖެެ

    އަންނިި ބާކީވީދޯޯ ތިއޮތީީ ބޯންއުޅުނުު ބޮޑިބޮވިފަަ އެމްޑީޕީއައްް ދެންް އަންނަންް ނޫޅޭތިި ތީބޭކާރުު މީހެއްް

  3. ާަަަަަައާމިނާ

    ކޮބާ ބޭނުމަކީ އިލްޔާސަށް ވޯޓު ދޭން ޖެހޭ . މި އަންނި އާ ހެދި މުޅި ޤައުމު ހަލާކު މިވަނީ.

  4. އަޒްރާ

    މޮޔަ ގޮވަނީ

  5. ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ފަސޭހަވާނީ، ޕީ.ޕީ.އެމް/ ޕީ.އެން.ސީ އަށް ތާއީދުކުރާމީހުން، އިލްޔާސް ލަބީބަށް ވޯޓް ދިނުމަށްވުރެ، ދަ ޑިމޮކްރެޓްސް އަށް ތާއީދުކުރާމީހުން ޑޮކްޓަރ މުޢިއްޒުއަށް ވޯޓް ދީގެން.

  6. ބޮޑު ފަޅި ނަގާ އެއީ ޑރ މުއިޒް ފަޅި މުއީޒާއި ގުޅެންވީ !