ޚަބަރު

ޝީ ބިލްޑިން ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މީހުން ދިރިނޫޅޭ ތަނެއްގައި ކަމަށެވެ. އަދި ރޯވެފައި ހުރީ ގުދަނެއް ގޮތަށް ހުރި ތަނެއްގައި ހުރި ކުނިގަނޑެއްގައި ކަމަށާއި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެއްކޮށް ނިއްވާލެވިފައި ނުވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

ރޭ ފަތިހުވެސް މާލޭގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިންގާފައެވެ. އެ ހާދިސާގައި ގަލޮޅު ވެގަ ޕޮއިންޓް ފިހާރަ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!