ޚަބަރު

ކޮވިޑް-19: ޓީސީ ޓީމު ލަންކާގައި ކަރަންޓީނު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ބަންގަލަދޭޝްގެ ޑާކާގައި ތިބި ޓީސީ ފުޓްބޯޅަ ޓީމް ސްރީލަންކާގައި ކަރަންޓީން ކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Ads by STELCO

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވީ އެ ކުޅުންތެރިން ރާއްޖެ އަންނާނީ ލަންކާގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

"ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް އެބޭފުޅުންނާ ކޮންޓެކްޓް ކުރައްވާފައިވާކަން އަޅުގަނޑަށް އެބަ އިނގޭ. ސްރީ ލަންކާގައި އެކުޅުންތެރިން 14 ދުވަހުގެ ޕީރިއަޑެއް ހަމަކޮށްފަ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައި އޮތީ" މަބްރޫކް ވިދާޅުވިއެވެ.

ބަންގްލަދޭޝް އިން މީހުން ރާއްޖެ އައުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، އެ ގައުމުގައި ތިބި ދިވެހިންގެ ތެރެއިން ވެސް ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމާ ގުޅޭ ކަންކަން މިހާރު ހަމަޖައްސަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އެގައުމުގައި ތިބި ދިވެހިން ވެސް ރާއްޖެ އައުމާއެކު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!