ޚަބަރު

ޖަމީލު ވިދާޅުވަނީ، ރައްޔިތުން ގޮތް ނިންމައިފި ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އާއިއެކުގައި، ރައްޔިތުން ގޮތް ނިންމައިފައިވާ ކަމަށް ކުރީގެ ނައިބު ރައީީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު މިފަދައިން ވިދާޅުވީ އިންތިޚާބުން، ޕީއެންސީގެ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު، ލައްކައަކަށްވުރެ ގިނަ ވޯޓުން ކުރި ހޯއްދެވުމުންނެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަން އޮތީ ސާފު މަންޒިލެއްކަމަށާއި ރައްޔިތުން ގޮތް ނިންމާފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކޯޓުން ނިންމީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގައުމީ ޖިހާދުގެ ތެދުކަން ކަމަށެވެ.

މީގެއިތުރުން ކޯޓްތައް މެދުވެރިކޮށް ސިޔާސީ ލީޑަރުން އިންތިޚާބުން އެއްކިބާކުރުމަކީ ގައުމީ ޖަރީމާއެއްކަންވެސް ރައްޔިތުން ބުނެދީފިކަމަށް ޖަމީލް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވާ ޑރ. ޖަމީލު، ވިދާޅުވީ ދެން ނުހިފެހެއްޓޭނެކަމަށެވެ.

ރިޔާސި އިންތިޚާބުގެ ވޯޓުލުން ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.

 

  1. ހިނގާހިނގާ

    އިބޫ އަށް ވިސްނިފައިނެތަސް މަމެންނަށް ވިސްނެއޭ ޖާބިރު މެންފަދަ ވާނުވާއިން ގޮވައިގެން އުޅުމުން ވާނެ ހަތަރެތި ތިއޮށްގެންވީއޭ އަޅާނުލާ ނުރޮއި ނުރޮއި ނުރޮއި ހުއްޓާލާ ރޮވެނީއޭ އެހެންތޭ އަޅާނުލާ މަމެން ޕިންކީންގެ ގޯއްޗަށް ގޮސް ތެލުލި ބަނބުކޭލާއި ކަޅުސަޔާއި ބޯން ފެށުމުން ތިޔާ ރުއިންގަނޑު ހުއްޓިދާނެއޭ އިނގޭތޭ އަވަހަށް ހިނގާ މަމެން ޕިންކީން ނާއި ގުޅެމާދޯ މިފަހަރު ޕީޕީއެމް އާއި އެމްޑީޕީ އިންނާނީ ދޯ އެއިރުން މާބޮޑަށް ރަނގަޅުވާނެ ނޫންތޭ ހިނގާ އިންނަމާ ދެން ހިނގާ އިންނަމާ ދެން ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ ހިނގާ…

  2. ބަލާތި

    ގާސިމް އެބަޖެހޭ ޕޮލިޓިކަލް ސައެންސް ދަސްކުރަން އަދި ވިލާ ކޮލެޖްގައި ޕޮލިޓިކަލް ސައެންސް އިން ޕީއެޗްޑީ ފެންވަރަށް ކިޔަވާދޭން އެންމެ ބޮޑު މައްސަލަ އަކީ ކެމްޕެއިން ސަގާފަތެއް ބިލްޑް ވެފައި ނެތުން ޖޭޕީގެ ވީޓީވީ އަކީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ މެޝިނަކަށް ބަދަލުވެ ހިންދީ ރާގަށް ހަދާފައި ހުންނަ ކައްޕަޅި ދިވެހި ލަވަތައް ޓީވީއެމް ކޮޕީ ކޮށްގެން ގެނެސްދިނުން ކަމަކަށް އޮތީ ވީޓީވީ ބަލާ އޯޑިއެންސް ވަނީ 100 އިން ދަށުގައޭ ޖޭޕީ ސަފު ރުކުރުވާލާ މަޖްލީސް އިންތިޚާބަށް ކެމްޕެއިން މިހާރުން މިހާރަށް ފަށަންވީއޭ އަދި މެދުނުކެނޑި 5 އަހަރު ވަންދެން ޖޭޕީން ކެމްޕެއިން ކޮށްބަލަ ވީޓީވީ ބޭނުން ކޮށްބަލަ 24 ގަޑިއިރު ޖޭޕީ ޕްރޮމޯޓް ކުރަން ހަފްތާ އަކު އެއް ދުވަހު މަދުވެގެން ކުނޫޒު ކިއްލާ ގައި ޖަލްސާ ތައް ބާއްވަބަލަ އެނގުންވާނެއޭ..