ޚަބަރު

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ޓިކެޓުގައި ކައުންސިލަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕާޓީގެ އޮފީހަށް ލިޔެކިޔުން ހުށަހަޅަންޖެހޭނެ ކަމަށެވެ.

ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަހަރުގެ ނިޔަލަށް އެޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީ ކައުންސިލް އިންތިޚާބު ޕްރައިމަރީ އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

އިދިކޮޅު ޕީޕީއެމް އިން ވެސް ވަނީ އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!