ޚަބަރު

ޕުރެސް ކޮންފަރެންސްގައި ބައެއް ނޫސްވެރިންގެ އިހްތިޖާޖު!

ދެން އެމްވީ ، ދެން އޮންލައިން

މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް ގޮވާލާ ބައެއް ނޫސްވެރިން މިއަދު އިހުތިޖާޖު ކޮށްފިއެވެ.

Ads by MWSC

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާއި ގުޅޭގޮތުން ސަރުކާރުން މިއަދު މެންދުރުފަހު 14:30 ގައި ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައެއް ނޫސްވެރިން ވަނީ "މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވުމަށް" އެދި ބައެއް ބޯޑުތައް ހިފައިގެން އިހުތިޖާޖު ކޮށްފައެވެ. އަދި އެއް ސުވާލަށްވުރެ ގިނަ ސުވާލު ކުރުމަށް ފުރުސަތު ދިނުމަށް އެދި ވެސް އޭގެ ތެރެއިން އެއް ބޯޑުގައި ލިޔެފައިވެއެވެ.
ސަރުކާރުގެ ފަރާތުން ބޭއްވި ޕްރެސް ކޮންފެރެންސްގައި މިފަދައިން އިހުތިޖާޖު ކޮށްފައިވަނީ ޗެނަލް 13 އަށް ނިސްބަތްވާ ތިން ނޫސްވެރިއެކެވެ.

މިއަދު މިއިހުތިޖާޖު ކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން އެފަދައިން ބާއްވާ ޕްރެސް ކޮންފަރެންސް ތަކުގައި، ގިނަ ސުވާލުތައް ކުރުމަށް ނޫސްވެރިންނަށް ބައެއް ފަހަރު ފުރުސަތު ނުދޭކަން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މީޑިއާތަކަށް ހަދާފައިވާ ވައިބާ ގްރޫޕުގައިވެސް ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށް އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެފަދައިން ސުވާލު ކުރުމަށް ފުރުސަތު ނުދޭނަމަ، ހުރިހާ މީޑިއާތަކެއް އެއްބަސް ކިޔައިގެން ސަރުކާރުން ބާއްވާ ޕްރެސް ކޮންފަރެންސްތައް ބޮއިކަޓް ކުރުމަށް ވެސް އެތަނުން އެއް މީޑިއާއެއްގެ މަސްޢޫލުވެރިޔަކި ހިޔާލު ފާޅު ކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!