ޚަބަރު

އިންތިޚާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓަރވުމަށް ހުޅުވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް އަލުން ރަޖިސްޓަރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން(އީސީ)އިން ހުޅުވާލައިފިއެވެ.

Ads by STELCO
މި ފުރުސަތު ހުޅުވާލައިފައިވަނީ މާާދަމާ 15:00 އިން ފެށިގެން އާދީއްތަ ދުވަހުގެ 16:00 ގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓުންނާއި (VR space ID.No‎ Send to 1414) އެސްއެމްއެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

އޮންލައިންކޮށް ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ form.elections.gov.mv‎ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.

މީގެއިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއަށާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއަށް، އަދި މާލޭގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އަލަށް 408 ‏ޒުވާނުންނަށް އަލަށް ވޯޓުލެވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!