ތަރައްޤީގެ ދުވެލީގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ނަތީޖާ ނެރެދެވޭނެ ބޭފުޅެއްކަން މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ކުރެއްވި މަސައްކަތްތަކުން އެންމެންނަށް ފެންނާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ. މަންދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މުއިއްޒުގެ ވެރިކަމެއްގައި ތަރައްޤީގެ މަޝްރޫއުތައް ހުއްޓުވާނެ ކަމަށް ބުނުމާއި ވަޒީފާއިން މީހުން ވަކިކުރާނެ ކަމުގެ ބިރު ވެސް އާންމުންނަށް ދައްކަމުން އަންނަ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ މުއިއްޒުއާއި ދެކޮޅަށް ސޯޝަލް މީޑިއާއާ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ އެންޓި-ކެމްޕެއިން ހަރަކާތްތަކާމެދު ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.
ބޭކާރު ވާހަކަތައް ދައްކާ މި ބާވަތުގެ ކަންކަން ކުރަމުންދަނީ ޝަހުސު ކަތިލުމުގެ ބޭނުމުގައި ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ވަގުތު ރާއްޖޭގެ ވެރިކަމަށް އެންމެ ޤާބިލު ބޭފުޅަކީ މުއިއްޒު ކަމަށާއި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވި އިރު ކުރެއްވި މަސައްކަތްތައް އެންމެންނަށް ފެންނާނެ ކަމަށާއި ތަރައްޤީގެ ދުވެލީގައި މުއިއްޒަކީ ނަތީޖާ ނެރެދެވޭނެ ބޭފުޅެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވައުދުވިޔަސް ނުކުރެވޭނެ އެއައްވުރެ ބޮޑައް ގައުމުމިއޮތީ ބިލިއަނުން ދަރުވާލާފަ ދައުލަތް އެކީދޮވެލާފަ