ރިޕޯޓް

ޑރ. މުއިއްޒު ރައްޔިތުންގެ އަރިހަށް، ރައީސް ޞާލިހު ދެ ދުވަސް ގާސިމްގެ އަރިހުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިޔާސީ ފޯރި އިންތިހާއަށް ގަދަވެއްޖެ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ނިމި ދެވަނ ބުރަކަށް މިދަނީ ތައްޔާރުވަމުންނެވެ. ބާކީ މިއޮތީ އެންމެ ދެ ހަފްތާ އެވެ. ދެ ހަފްތާ ފަހުން، ކުރިއަށް މިއޮތް ފަސް އަހަރު ގައުމުގެ ހުންގާނުގައި ހިފާނެ ވެރިޔަކު ދިވެހިން ނިންމާނެ އެވެ.

Ads by Hajj Corporation

ފުރަތަމަ ބުރުގެ ނަތީޖާ ނިކުތީ އެންމެ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ސަރުކާރާއި މަޖިލީހުގެ ފުރިހަމަ ބާރު އޮވެ ތިން ސިޔާސީ ޕާޓީއެއް އެކުވެގެން ނެރުނު ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބުނީ ހީނުކުރާވަރުގެ ދަށް ނަތީޖާ އެކެވެ. ރައީސް ޞާލިހު ނިކުންނެވީ ރާއްޖޭގެ އެންމެ ބިޔަ ސިޔާސީ ޕާޓީގެވެސް ނިވަލުގަ އެވެ. ކޯލިޝަން ތިން ޕާޓީގައި ގާތްގަނޑަކަށް 70،000 އެއްހާ މެމްބަރުން ތިބޭނެ އެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންނާއިއެކު ރައީސް ޞާލިހާއި ޓީމުންވެސް އުއްމީދު ކުރީ އެންމެ މަދުވެގެން ލައްކައެއްހާ ވޯޓު ލިބޭނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޞާލިހަށް ލިބުނީ ގާތްގަނޑަކަށް 85،000 އެއްހާ ވޯޓެވެ.

އަނެއްކޮޅުން އިދިކޮޅު ޕީޕީއެމް ޕީއެންސީން އެކަނި ނެރުނު ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބުނީ ހީނުކުރާވަރުގެ ބޮޑު ތާއީދެކެވެ. ލައްކައަކަށްވުރެއް ގިނަ ވޯޓާއިއެކު މުއިއްޒު އިންތިހާބުގައި 46 އިންސައްތަ ނެގި އެވެ. އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް މުއިއްޒުއަށް މަދުވީ ހަމަ އެންމެ 4 އިންސައްތަ ވޯޓެވެ. މިއީ އިދިކޮޅަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. އަދި އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނަށް ލިބުނު ބޮޑު ސިހުމެކެވެ.

ވޯޓުތައް ބެހިގެން ދިޔަ ގޮތުގެ ތަފްސީލަށް ދާކަށް ނެތީމެވެ. ދެވަނަ ބުރުގައި ވާދަކުރާނީ ރައީސް ޞާލިހާއި ޑރ. މުއިއްޒެވެ. ރައީސް ޞާލިހު ގަބޫލުކުރައްވާ ގޮތުގައި ގޯސްތަކެއް ހެދިއްޖެ އެވެ. ހާއްސަކޮށް ކެމްޕެއިން ޓީމުތައް ދާއިރާތަކަށް ރުކުރުވައިލުމުގައި ރަނގަޅު ހިސާބެއް ނުޖެހުނެވެ. ރައީސް ޞާލިހު ވިދާޅުވީ ދާއިރާތައް އިތުރުކޮށް ޓީމުތަކުގެ ލީޑަރުން ކަނޑައަޅުއްވާނެ ކަމަށެވެ. އަދި ފުރަތަމަ ބުރުގެ ވޯޓުލުމަށް ދެ ދުވަހަށް ވީއިރު ކެމްޕެއިން މާ ބޮޑަށް ދޯދިޔާކޮށް ދޫކޮށްލެވުމަކީވެސް ވޯޓު ގެއްލުނު ސަބަބެއްކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާން ނިކުތް މީހުންގެ އަދަދު މަދުވުމަކީވެސް ސަބަބެއްކަމަށް އެމްޑީޕީން ދެކެ އެވެ.

ކޮންމެއަކަސް ދެވަނަ ބުރުގެ ކެމްޕެއިން މިވަނީ ވަރަށް ބާރަށް ފަށައިގެންފަ އެވެ. ޑރ. މުއިއްޒު މާލޭގައި ޖަލްސާއެއް ބޭއްވުމަށްފަހު އަތޮޅުތެރެއަށް ދަތުރު ފައްޓަވާފައިވާއިރު އެންމެ ފުރަތަމަ ވަޑައިގެންނެވީ އ. އަތޮޅަށެވެ. އއ. އަކީ އެމްޑީޕީން އަގުލަބިއްޔަތު ނެގި އަތޮޅެކެވެ. އެހެންކަމުން މިފަހަރު މުއިއްޒުގެ މިސްރާބު ހުންނެވީ މަދުން ވޯޓު ލިބުނު ދާއިރާތަކަށް އަލުން ވަޑައިގެންނެވުމަށްކަމަށް ބެލެވެ އެވެ. މުއިއްޒު އަށް އަގުލަބިއްޔަތު ނުލިބުނީ ތިން އަތޮޅަކުންނެވެ. އެއީ ޅ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އެވެ. މިތިން އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަގުލަބިއްޔަތު މުއިއްޒު ނެންގެވި އެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިން ދަތުރުތައް ފެށިއިރު އިތުރު ސިޔާސީ ޕާޓީއަކުން މިވަނީ އެމަނިކުފާނާއި ގުޅިވަޑައިގެންފަ އެވެ. އެއީ މިފަހަރު އިންތިހާބުގައި ވާދަކުރެއްވި ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި، އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫނުވެސް ގެންދަވަނީ އިދިކޮޅާއިއެކު މަޝްވަރާ ކުރަމުންނެވެ. އަދި މި ދެޕާޓީންވެސް ވަކި ގޮތެއް ނުނިންމަ އެވެ. ހަމައެއާއިއެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޑިމޮކްރެޓްސްއިންވެސް މުއިއްޒުގެ ޓީމާއިއެކު މަޝްވަރާ ކުރި އެވެ. އެހެންނަމަވެސް އަދި މިކަމުގައިވެސް ވަކި ގޮތެއް ނުނިންމަ އެވެ.

ރައީސް ޞާލިހާއިއެކު އެއްވެސް އިތުރު ޕާޓީއަކުން ކޯލިޝަނެއް ނުހަދަ އެވެ. އެހެންނަމަވެސް ހުރިހާ ޕާޓީތަކާއިއެކުވެސް މަޝްވަރާ ކުރި އެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރުގައިވެސް އެންމެ މުހިންމު ޕާޓީއަކަށް ވަނީ ޖޭޕީ އެވެ. މިފަހަރު ދިމާވީ މުޅިން އެހެންނެކޭ ދެންނެވޭކަށް ނެތެވެ. ސަބަބަކީ ގާސިމަށް ލިބިވަޑައިގެންނެވީ ފުރަތަމަ ބުރުގެ ވޯޓުން ގާތްގަނޑަކަށް 2.5 އިންސައްތަ ކަމަށް ވާތީ އެވެ. މި އަދަދަކީ ދެވަނަ ބުރުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެވޭނެ އަދަދެއް ނޫނެވެ. އެހެންކަމުން ޑރ. މުއިއްޒުއަށް ގާސިމްގެ ތާއީދު މާ މުހިންމެއްވެސް ނޫނެވެ.

ރައީސް ޞާލިހަށް މިވަގުތު ކިތަންމެ ކުޑަ ތާއީދެއްވެސް މުހިންމެވެ. އެއީ ދެވަނަ ބުރުގައި އެމަނިކުފާނަށް ގާތްގަނޑަކަށް އިތުރު 40،000 އެއްހާ ވޯޓު ބޭނުންވާނެތީ އެވެ. ޖޭޕީގައި ތިބި 30،000 މެމްބަރުންގެ ފުރިހަމަ ތާއީދު ނުލިބުނެއް ކަމަކު އެޕާޓީން ރައީސް ޞާލިހު އެންޑޯޒްކޮށްފިނަމަ ލިބޭނެ ވޯޓުތަކެއްވެސް ހުންނާނެ އެވެ. އެހެންވެ ރައީސް ޞާލިހަށް މިވަގުތު ކެމްޕެއިންގެ އެއްވެސް ކަމަކަށްވުރެއް މުހިންމީ ގާސިމްގެ ތާއީދެވެ.
ގާސިމް ޕީޕީއެމް ޕީއެންސީއާއިއެކު މަޝްވަރާ ކުރެއްވީ އޭނާގެ ސަން އައިލެންޑް ރިސޯޓުގަ އެވެ. އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން މާލެ ވަޑައިގެން ދުވަހު ރައީސް ޞާލިހު ސަން އައިލެންޑަށް ވަޑައިގެންނެވި އެވެ. އޭގެ ފަހުން ދެ ދުވަސް ހޭދަކުރެއްވީ އެ ރިސޯޓުގައި މަޝްވަރާ ކުރެއްވުމަށެވެ. މި ދެދުވަހު ރައީސް ޞާލިހަށް ކެމްޕެއިން ކޮށްދެއްވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީގެ ލީޑަޝިޕް ބޭފުޅުންނެވެ.

މިހާރު ވާހަކަ ދެކެވޭ ގޮތުންނަމަ ގާސިމާއިއެކު ރައީސް ޞާލިހަށް އެއްބަސްވުމަކަށް އާދެވިއްޖެ އެވެ. އަދި ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށް އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް ދަނީ އަޑު ފެތުރެމުންނެވެ. އެހެންނަމަވެސް ރަސްމީކޮށް އެއްވެސް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ބުނެވޭ ގޮތުގައި ގާސިމްގެ އެންމެ ބޮޑު ޝަކުވާ އަކަށްވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ކަންކަން ސިއްރު ކުރުމެވެ. އަދި ޗާގޯސް މައްސަލައާއިމ އިންޑިއާ އާއިއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކެވެ. މިކަންކަން ރައީސް ޞާލިހު ގާސިމަށް ސާފުކޮށްދީފިކަމަށް މައުލޫމާތު ލިބެ އެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި އެމްއެންޑީއެފް މެދުވެރިކޮށް ސަރުކާރުން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއްވެސް ކުރި އެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ނެތްކަމަށް ބުނެ ސިފައިންގެ ބައެއް ވެރިން ބަސްތީގަތުންވެސް ދެއްވައިފި އެވެ. އަދި ޗާގޯސްއަށް ފޮނުވި ސިޓީކަމަށްބުނެ ލިޔުމެއްވެސް ސޯޝަލް މީޑިއާގައި ލީކުކޮށް އޭގެ ސައްހަކަން ބައެއް ވަޒީރުންވެސް ކަށަވަރުކޮށްދީފި އެވެ.

ކޮންމެއަކަސް ރައީސް ޞާލިހަށް މިވަރަކުން ނުފުދޭނެ އެވެ. ޑިމޮކްރެޓްސްގެ ތާއީދު ލިބުމަކީ މިވަގުތަށް ބަލާއިރު އުނދަގޫ ކަމަކަށް ވާއިރު، ފާރިސް ނުވަތަ އުމަރު ނަސީރުގެ ތާއީދުވެސް ރައީސް ޞާލިހަށް ބޭނުންވާނެ އެވެ. އެހެންނަމަވެސް މި ދެ ކެނޑިޑޭޓުންގެ ތާއީދުވެސް ލިބުމަށްވުރެއް ގާތީ ނުލިބުމެވެ.

ވަރަށް ހަނި ފުރުސަތަކުން މި ރިޔާސީ އިންތިހާބު ރައީސް ޞާލިހަށް ކާމިޔާބު ކުރެވިދާނެ އެވެ. ރަނގަޅު ސްޓްރެޓެޖީއެއް އެކުލަވާލައި ރަނގަޅަށް ކެމްޕެއިން ކުރެވިއްޖެނަމަ މިއީ ނުވާނެ ކަމެކޭ ދެންނެވޭކަށް ނެތެވެ. އެހެންނަމަވެސް ސިޔާސި މަސްރަހު ދިރާސާ ކުރައްވާ ގިނަ ބޭފުޅުން ހިސާބު ޖައްސަވަނީ މިއީ ޑރ. މުއިއްޒުގެ ފަހަރެއް ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިންގައި މާ ގަދަ ފޯރިއެއް ނެތޭ ދެންނެވުން ކުށަކަށް ނުވާނެ އެވެ. ރައީސް ޞާލިހުގެ އަނބިކަނބަލުން ސިޔާސީ ކަންކަމާއި ދުރުގައި ހުންނަވާނެކަމަށް ވިދާޅުވުމަށްފަހު އެކަމަނާވެސް މިވަނީ ކެމްޕެއިނަށް ނިކުމެވަޑައިގެންފަ އެވެ. އެހެންނަމަވެސް ކޯލިޝަންގައި އޮތް އެމްޑީއޭގެ އަޑު މުޅިންހެން ކެނޑިއްޖެ އެވެ. އެމްޑީއޭއިން ކޯލިޝަނާއި އެއްފަރާތަށް ޖެހިފައިވާކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެޕާޓިގެ ބައެއް ބޭފުޅުން އެކަން ދޮގު ކުރެ އެވެ.

Ads by HDC
  1. ބަލާބަލަ

    ހެޔޮނުވާނެއޭ ގާސިމް އަމިއްލަ އަށް ގާސިމްގެ އެޑްވައިޒަރުން ގޮވައިގެން ހުސެން ސޯލިހާއި ގުޅައިގެން ތިޔާ ހިންނަވަރޭ ގާތު ވެސް ބުނެގެން ދޭބަލަ އައްޑޫ ގަމަށް އެތަނުގައި ތިބި ދިވެހި ސިފައިންގެ މީހަކަށް އިންޑިއާ ހެލިކޮޕްޓަރު ގައި އަތްލާން ވެސް ނުލިބެއޭ އެތަނުގައި ތިބި ދިވެހި ސިފައިން ނިދާ ކޮޓަރި ތަކުން އެމެން ނެރެ މިސަރުކާރުގެ ލަދުހަޔާތް ކުޑަ ކަމުން އިންޑިއާ ސިފައިންނަށޭ ދިނީ އިންޑިއާގެ 550 ސިފައިން އެބަތިއްބޭ ގަމުގެ ދޫގަސް ފުރާލާ ބަރުހަތިޔާރާއި އެކު ގާސިމް ދެލޯ ހުރިއްޔާ އަމިއްލަ އަށް ގޮސް ބަލާބަލަ ސަންއައިލެންޑް ހޮރުގައި ނޯވެ ގޮސް ބަލާބަލަ ގާސިމް ހެޔޮނުވާނެއޭ ބަލާބަލަ ތިޔާ ޝާހިދަކީ އެއީ ދިވެހި ލެޔެއް ނޫނޭ އެއީ ކަންނަނޫރު އަލީރާޖާގެ ލެޔޭ އޭނާ މިގައުމުގެ ކަނޑުވިއްކާލާ ބަނޑުއަޅާލައިފިއޭ 500 މިލިއަން ޑޮލަރު ހެޔޮނުވާނެއޭ ގާސިމް އައްޑޫ ގަމަށް ގޮސް ގަމުގެ ދޫވެހި ބަލާފައި މަމެން މިބުނާ ވާހަކަ ދޮގިއްޔާ ދެން ހަދާ ކޯލިޝަން އިބޫ ޖަހުލާއި އެކު އެކަމަކު ގާސިމް ދޫގަސް އަށް ދާން ޖެހޭނީ ނުބުނެ ގޮސް ކުއްލިއަކަށް ދޫގަސް ކުރިމަތީ ހުރެ ރައީސް އިބޫ ގާތު ބުނާނީ ކޯލިޝަން ހެދޭނީ ދޫގަސް ތިމަންނާ އަށް ދެއްކުމުންނޭ…

  2. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ އައްޑޫ ގަން ދޫގަސް ފުރާ އިންޑިއާ ސިފައިން މަމެން މިއައީ އެމެންނާއި ބައްދަލުކޮށްފައޭ އެމެންބުނީ މިސަރުކާރުން ތިމަންނާ މެންނަށް މުޅި ގަމުގައި ތިބުމުގެ 100 އަހަރުގެ ލައިސެންސް ވަނީދީފައޭ އިބޫ ވަނީ މީގައުމުގެ މިނިވަންކަމުގައި ޗާބޫކުން ތަޅާ ރޯނާ ގަންނުވާފައޭ ޗާބޫކުން ތެޅީމާ ވަތަންގެ މިނިވަންކަން ގެއްލި ވަތަން ދެވަނަ ފަލަސްތީނަށް ބަދަލުވެއްޖެއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ރޯނާވެ ހަފުސްވެއްޖެއޭ އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ދިވެހި ދިދަ ދަނޑި ބުޑުން ކަނޑާ އިންޑިއާ ސިފައިން ވައްޓާލާ އެހެރަ ނަގަނީ އިންޑިއާ ދިދައޭ ޖުމްހޫރީ މައިދާނުގައި އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ގުދާރުގައި ވަރަށް ރިއްސައޭ އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ނަށާލާ ނަށާލާ ނަށާލާ ނަށާލާ….

  3. މަޑުކޮށްލާށޭ

    ހިޔާ ފްލެޓްގައި ދިރިއުޅޭ އެންމެ ކަތުންނޭ ނުރޮއި ހުއްޓާލާށޭ މަމެން ޕިންކީންގެ އެކަތަ ވެރިކަމަށް ހަނދުފެނޭތޯ ބަލަން މަމެން ހިއްޗަށް ދާން ތައްޔާރު ވަނީ އަންނަ 30 ވާ ހޮނިހިރު ދުވަހު ހުރިހާ ކުދިން ވެސް ގޭގައި ކުޅި ބޯކިބާ އަޅާ ކެޔޮފަތް ތަކުގައި ބަންދުކޮށް ގައުމީ ހެދުުމުގައި އިންޑިއާ އެމްބަސޭ ގޯތި ކުރިމަތިން އަށެކާއި ޖެހި އަށެެއް އަޅާ އަންނަގަ މަމެންނާއި އެކު ހިއްޗަށް ދާން ރަންކޮޅާ މަމެން ވެސް ގޮވައިގެން ދާން މަޑުކޮށްލާ މަބުނީ މަޑުކޮށްލާ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ ޔޭއް ޔޭއް ޔޭއް ޔޭއް ޔޭއް….

  4. ބާލާނަމޭ

    މިގައުމުގައިތިބި އިންޑިއާ ހުރިހާ ސިފައިން މަމެން ޕިންކީން ވެރިކަމާއި ހަވާލުވާ ދުވަހު އެމެން ފައިބާން އަންގާނަމޭ އަދި މިސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލާ އަދި އެއްބަސްވުން ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ކޮށްހަދާ 90 ދުވަސް ވަންދެން އެ އެއްބަސްވުން ހުރިހާ ޓީވީ ޗެނަލްސް ތަކުން އަކުރުން އަކުރަށް ޑޮކް މުނައްވަރު ލައްވާ އާންމުންނަށް އޮޅުން ފިލުވާދީ މިސަރުކާރުގެ ޖަނގިޔަލުގެ ރަބަރުގަނޑު ކަނޑައިގެންދާވަރު ކުރާނަމޭ މަމެންކުރާނީ ފިސާރި މަށްދިވެހިންނޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ އިންޑިއާ ސިފައިން ބާލާނަމޭ

  5. ގިވްއިންޓުމީ

    ރޮޒެއިނާ އަށް ނޭގޭނެއޭ ޕީޕީއެމް ފަދަ ވަތަނީ ޕާރޓީ އަކުން ކަންކުރާނެ ގޮތް ޕީޕީއެމް ކުރާނީ މިސަރުކާރުން ކުރާ ޒާތުގެ ރަނޑުވެރިކަމެއް ނޫނޭ ފިސާރި ފިރިހެންވަންތަ ވެރިކަމެކޭ މަމެން ޕިންކީން ކުރާނީ ދެން ވެސް އިންޑިއާ އެމްބަސޭ ޖެހޭނީ މަހަށް ދާން މީއޭ އިހްސާސް އަކީ އެމްޑީޕީ ކުދިންނޭ ހިފާށޭ މަމެން ޕިންކީން އަތުގައި މަމެން ވަރަށް ލޯބިވެއޭ އެމްޑީޕީ ކުދިން ދެކެ ހިފާށޭ ދޭށޭ އެމްޑީޕީ ކުދިންގެ ހިތް މަމެންނަށް ދީދެން ދީދެން ދީދެން ދީދެން ދީ ދީ ދީ ދީ އޯއް އޯއް އޯއް އޯއް ލޯބިވެއޭ ވަރަށް ބޮޑަށް ލޯބިވެއޭ ލޯބިވެއޭ ތެދުވޭ ކުދިންނޭ ގޮނޑިން ތެދުވޭ ތެދުވޭ ތެދުވޭ ތެދުވޭ ހިފާ މަމެން އަތުގައި ހިފާ ހިފާ ހިފާ އެނބުރޭ އެނބުރޭ އެނބުރޭ އެނބުރޭ ނަށާލާ ނަށާލާ ނަށާލާ ނަށާލާ….