ޚަބަރު

ގިނަ ބަޔަކު ޕީޕީއެމް/ޕީއެންސީއާއި ގުޅިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ގިނަ އަދަދެއްގެ ބަޔަކު ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި ގުޅިއްޖެއެވެ.

Ads by STELCO

އާޓިފިޝަލް ބީޗުގައި ކުރިއަށް ދިޔަ ޑރ.މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި އަލަށް ޕާޓީއާއި ގުޅުނު ފަރާތްތަކުން ވަނީ މެމްބަރޝިޕް ފޯމު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް އަރުވައިފައެވެ.

ރޭ އަލަށް އިދިކޮޅާ ގުޅުނު ފަރާތްތަކުގެ ތެރޭގައި ބައެއް ވިޔަފާރިވެރިންނާއި ކުޅިވަރު ޝަހުސިއްޔަތުތައް ހިމެނެއެވެ.

އަދި އެމްޑީޕީގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޖޔމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވެސް ހިމެނެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ވަނީ 47 އިންސައްތަ ވޯޓު ހޯއްދަވައިއެވެ. އެމަނިކުފާނަށް ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ.

ރިޔާސީ ކެމްޕެއިނުގައި، މިއަދު މުއިއްޒު ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވާނެއެވެ.

Ads by Ooredoo
  1. ޑރ އިޔަޒު މެން ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރަންވެސް ގޮވާލާފަ، ބޮޑު ފަޅި ބޮޑު ޖަމާއަތަކީ ޑރ މުއީޒުގެ ފަޅި ކީއްވެތޯ ބޮޑު ޖަމާއަތަށް ނުގޮސް ކުޑަ ޖަމާޢަތުގައި ނަމާދު ކުރަން އުޅެނީ !

  2. އަދުރޭ ހިސާބައްމޮޅު

    ތިޔަހެދުވާ ތާވަޅުތައްއުޅޭނެ ތީކީހިއްވަރެއްނޫން
    މާދަމާއެހެން ގުރޫޕަކާ ގުޅިލާނެ ތީހައްޕުޑު