ދުނިޔެ

ބަންގްލަދޭޝްގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގަމުން ގެންދާ ހަރުކަށި ފިޔަވަޅެއްގެ ދަށުން ހިންގާ ޝަރީއަތެއްގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެންމެ އިސް ދެ އެކްޓިވިސްޓެއް ދެ އަހަރަށް ޖަލަށް ލުމަށް ބަންގްލަދޭޝްގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

Ads by Sosun Fihaara

ފަނޑިޔާރު ޒުލްފިކަރު ހަޔާތު ބުރާސްފަތި ދުވަހު ވިދާޅުވީ، އޮދިކާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާގެ ލީޑަރުން ކަމަށްވާ އާދިލުއްރަހްމާން ޚާން އާއި ނާސިރުއްދީން އެލަންގެ މައްޗަށް "ދެ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ" ކަމަށެވެ.

އިމްރާން، 63، އާއި އެލަން، 57، އަކީ އެތައް ޒަމާނެއް ވަންދެން އޮދިކާގައި އިސްކޮށް ހުންނެވި ދެ ބޭފުޅުންނެވެ.

އޮދިކާރްގެ ލީޑަރުންގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާއަކީ މީގެ 10 އަހަރު ކުރިން އަދުލު އިންސާފުން ބޭރުން މީހުން މެރުމާ ގުޅޭ ގޮތުން އެ މީހުން އެކުލަވާލި ފެކްޓް ފައިންޑިން ރިޕޯޓަކާ ގުޅުން ހުރި ދައުވާއެކެވެ.

"އެ މީހުން ދެ އަހަރަށް ޖަލަށް ލާން ހުކުމް ކުރީ ދޮގު މައުލޫމާތު ޝާއިއުކޮށް ފެތުރުމާއި ދީނީ އިހުސާސްތަކަށް ގެއްލުން ދިނުމާއި ދައުލަތުގެ އަގު ވައްޓާލުމުގެ ކުށުގައި،" އެޖެންސް ފްރާންސް-ޕްރެސް ނިއުސް އެޖެންސީއަށް ވަކީލު ނަޒްރުލް އިސްލާމް ޝަމީމް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ރިޕޯޓް ކުރާ އަލްޖަޒީރާގެ ތަންވީރު ޗައުދަރީ ވިދާޅުވީ ކޯޓުގެ ހުކުމުން "ހިތާމަވެރި މެސެޖެއް ދޭ" ކަމަށެވެ.

އެއީ އާންމު އިންތިހާބާ ދިމާކޮށް ކަމަށާއި ބައިނަލްއަގުވާމީ ނަޒަރު ހުރީ ބަންގްލަދޭޝް އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!