ޚަބަރު ސިޔާސީ

މި 10 ދުވަސްތެރޭ ވަޒީފާއިން ކަނޑާލައިފިނަމަ އަލުން ވަޒީފާ އިޔާދަކޮށްދޭނަން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިޔަށްއޮތް 10 ދުވަސްތެރޭ ވަޒީފާއިން ކަނޑާލައިފިނަމަ ވަޒީފާ އިޔާދަކޮށްދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް. ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ށ. ފުނަދޫގައި އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ.

“އަޅުގަނޑުމެން މި ދަންނަވަނީ ވަޒީފާތަކުން ވަތްކެއް ނުކުރާނަމޭ. ކޮންމެ ރަށަކުން ވެސް އެބަ ވިދާޅުވޭ މިރަށުގަ ފެނަކައިގަ ތިބި މީހުން ކަނޑާލާ ވާހަކަ އެމްޑީޕީން ބުންޏޭ އަޅުގަނޑުމެން އައިސިއްޔާ”މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ސިޔާސީ ގޮތުން ދީފައިހުރި މަގާމެއް ފިޔަވާ ވަޒީފާއިން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށާއި ކުރިޔަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކި ކޮށްފި ނަމަ އެމަނިކުފާނުގެ ސަރުކާރެއްގައި ވަޒީފާ އަނބުރާ އިޔާދަކޮށްދެއްވާނެ ކަމަށެވެ.

“މި 10 ދުވަހު ނިކުމެ ކުރާ މަސައްކަތަކުން އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ސަރުކާރެއް ގާއިމްވާނެ ކަމަށް އަޅުގަނޑު މި ބަލަނީ. އަނބުރާ ވަޒީފާ އިޔާދަކޮށްދޭނަން” މުޢިއްޒު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މުއިއްޒު ވަނީ ޤައުމަށް ދިމާވެފައިވާ އެންމެބޮޑު އެއްމައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރެއްވުމަށް މުހިންމު ހަރުދަނާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Ads by Ooredoo
  1. ހިނގާއުޅެމާ

    ޖޭޕީ އަށް ވޯޓް ދިން އެންމެންނަކީ ވެސް އެއީ ޕީޕީއެމް ފިކުރުގެ މީހުންނޭ އެމެން ގެ ތެރޭން ގިނަ އަދަދެއްގެ މީހުން މިހާރުވެސް ވޯޓް ދޭނެއޭ ޕީޕީއެމް އަށް އެކަމަކު ކެމްޕެއިން ކޮށްގެން އެމެން ގެނައުމަކީ އެއީ ޕީޕީއެމް ކެމްޕެއިން ޓީމް ތަކުން ކުރަން ޖެހޭނެއޭ އެމެންނަށް ވާސިލް ވާން ޖެހޭނެއޭ ޖޭޕީގެ މަތީ ފަންގިފިލާ އަކީ އެއީ ޕީޕީއެމްގެ ފަންގިފިލާ އެކޭ މިކަން ކުރަން މާބޮޑު އުނދަގޫ ވާނެ ކަމަށް މަމެން ނުދެކެމޭ ހިނގާ މިކަމާއި ރަނގަޅަށް އުޅެމާ ހިނގާ އުޅެމާ…