ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ޒުވާާނާ އާއިލާއަށް ގުޅައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ގެއްލިގެން ހޯދަމުން ދިޔަ އަލީ ރިޝާާން

ގެއްލިގެން ހޯދަމުންދިޔަ އަލީ ރިޝާން އޭނާގެ އާއިލާއަށް ގުޅައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ އުމުރުން 21 އަހަރުގެ އއ. މާޅޮސް ހުސްނޫވިލާ، އަލީ ރިޝާން އޭނާގެ އާއިލާ އަށް ގުޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަަމަށާއި، އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެ ޒުވާނާ ނުފެނިގެން، އާއިލާ އިން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއެކު ފުލުހުން ވަނީ ރިޝާން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ރިޝާން އަކީ މާލޭގައި ދިރިއުޅޭ ޒުވާނެކެވެ.

Ads by Urbanco

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!