ޚަބަރު

މިއަހަރަށް ކަނޑައެޅި ޓާގެޓުގެ 93 ޕަސެންޓް ހާސިލުވެއްޖެ: އިމިގްރޭޝަން

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރަށް ކަނޑައެޅި ޓާގެޓުގެ 93 ޕަސެންޓު ހާސިލުވެފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު އިމިގްރޭޝަނުން ހާސިލުކުރި ކަންކަން ފާހަގަކުރަނީ އިމިގްރޭޝަނުގެ ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ފަސޭތަކެއް ލިބުނުކަން ކަށަވަރު ކުރަމުން ކަމަށެވެ. އޭގެ ތެރެއިން މި އަހަރު ކުރަން ރޭވި ކަންކަމުގެ 93 ޕަސެންޓް ހާސިލްވުމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ކަންކަން ހާސިލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ދެއްވި އެއްބާރުލުމަށް ހަނަފީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިމިގްރޭޝަނުން މިއަހަރު ހާސިލްކުރި ކަންކަމަށް ބަލާއިރު ޚިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ގޮތުންނާއި، ރައްޔިތުންނަށް ދޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނާއި، ޙިދުމަތްތަކާއި މެދު ރައްޔިތުންގެ އިތުބާރު ހޯދުމުގެ ގޮތުންނާއި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންނާއި، ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުންނާއި އަދި އިންސާނީ ވަސީލަތް ކުރިއެރުވުމުގެ ގޮތުން, މިއަހަރުގެ ތެރޭގައި މައިގަނޑު 14 ކަމެއް ހާސިލްކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!