ޚަބަރު

މުއިއްޒު ދެއްވީ ރައްޔިތުންނަށް އިހާނެތިކޮށް ކަންތައް ނުކުރައްވާނެ ކަމުގެ ޔަޤީންކަން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީ އިން ރައްޔިތުންނަށް އިހާނެތިކޮށް ކަންތައް ނުކުރާނެކަމުގެ ޔަގީންކަން، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް، ބ.ޅޮއްސަށް މިއަދު ވަޑައިގެން މުއިއްޒު ތަކުރާރު ކޮށް ވިދާޅުވީ ފަށައިފައިވާ، ނުވަތަ ހުއްޓިފައިވާ މަޝްރޫއުއެއް ވެސް އެމަނިކުފާނުގެ ސަރުކާރުން ހުއްޓައިނުލައްވާނެ ކަމަށާއި، އެއްވެސް މީހެއްގެ ވަޒީފާއެއް ވެސް ނުގެއްލޭނެ ކަމަށެވެ. މަޝްރޫއުތައް ހުއްޓާލައި، ވަޒީފާތައް ގެއްލުވާލާނެ ކަމަށް ބުނެ، ވާދަވެރިން ދައްކާ ވާހަކަތައް ގަބޫލު ނުކުރުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"އޯގާތެރިކަމާއިއެކީގައި، ރައްޔިތުންނަށް ކަމެއް ކޮށްދޭން ވެގެން މި އަންނަނީ، އިރާދަކުރެއްވިއްޔާ." މާލެ ސިޓީގެ މޭޔަރުގެ މަޤާމުގައި ވެސް ހުންނެވި މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ އިން ރައްޔިތުން ވަޒީފާ އިން ވަކި ނުކޮށް، އާމްދަނީ ހޯދޭނއ މަގު ފަހި ކޮށްދޭނީ ކަމަށާއި، އަމާޒަކީ ވެސް އިޤްތިޞާދު ހަރުދަނާ ކުރުމާއިއެކުގައި، ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހި ކޮށްދިނުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!