ޚަބަރު ޝަރުޢީ ދާއިރާ

ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ގާޒީ ފަރުހާދުއާ ހަވާލުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އިސް ގާޒީއެއް ހަމަޖެއްސެންދެން ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލްއުސްތާޛް ގާޒީ ފަރުހާދު ރަޝީދުއާ ހަވާލުކޮށްފި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފިއެވެ.

Ads by Sosun Fihaara

ޖޭއެސްސީން ނެރުއްވި އިއުލާނުގައި ވިދާޅުވެފައިވަނީ އިއްޔެއިން ފެށިގެން ސިވިލް ކޯޓުގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެހުންނަވާނީ ޤާޟީ ފަރުހާދުކަމަށް އެ ކޮމިޝަނުން ނިންމަފައިފިކަމަށެވެ.

ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު ނިމާލް ކުއްލި ގޮތަކަށް މިދިޔަ އަންގަރާ ދުވަހުގެ ރޭ އަވަހާރަވުމުންނެވެ. ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ނިމާލު އައްޔަނުކޮށްފައި ވަނީ މާޗު 2022 ގަ އެވެ. އަދި, އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް އެބޭފުޅާއާއި ހަވާލުކޮށްފައި ވަނީ އޮގަސްޓު 22, 2022 ގަ އެވެ.

އުމުރުން 36 އަހަރުގައި ނިމާލް އަވަހާރަވީ، މެޔަސް ތަދެއް އަރައި، ހޮޑުލެވުމާއި ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ނިމާލް އަވަހާރަވިއިރު، އަންބަކާއި ކުޑަ ދަރިއަކު އެބަ ހުއްޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!