ޚަބަރު ސިޔާސީ

ޑޮލަރު ނެގޭ ފެންވަރުގެ އޭޓީއެމްތައް ގާއިމްކުރާނަން: މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮލަރު ނެގޭ އޭޓީއެމްތައް ޤާއިމްކުރައްވާނެ ކަމަށް ޕިއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފިއެވެ.

Ads by STELCO

ރިިޔާސީ އިންތިޚާބުގެ ކެންޕެއިނަށް ކުޅުދުއްފުއްޓަަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ބޭންކުތަކުން ޑޮލަރު ނެގޭ ގޮތަށް ހުންނަނީ ރާއްޖޭގެ މަދު ރަށެއްގައި ކަމަށެވެ. އަދި ބޭންކް ބްރާންޗް ފުޅާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ޑޮލަރު ނެގޭ ފެންވަރަށް, ޑޮލަރު ނެގޭގޮތަށް ހުންނަނީ ވަރަށް މަދު ތަންތާގައި. ޑޮލަރު ނެގޭ ގޮތަށް ފެސިލިޓީ ހުރުމަކީ, ޤާއިމް ކުރުމަކީ ބޭންކް ބްރާންޗް ފުޅާ ކުރުމަކީ ކޮންމެހެން  ކުރަން ޖެހޭ ކަމެއް. އެހެންވީމަ އިރާދަކުރެއްވިއްޔާ މިތަނުގަ އެތަން ގާއިމް ކުރާނަން" މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރިޔާސީ ރޭހަށް ނިކުމެ ހުންނެވީ ސީރިއަސް މަސައްކަތެއް ކުރުމާއެކު ގައުމަށް ހެޔޮގޮތް ހޯދައިދިނުމަށް ކަމަށެވެ. އަދި ހަގީގީ މާނައިގައި ނަތީޖާ ހުރިހާ ކަމެއްގައި ވެސް ހޯދައިދޭނެ ކަމަށާއި މިވަގުތު އެމަނިކުފާނާއެކީ ތިއްބެވީ އެފަދަ ޓީމެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!