ޚަބަރު

ޑިމޮކްރެޓްސްގެ ނިންމުމާއި އެއްގޮތަށް، އެއްވެސް މީހަކަށް ތާއީދެއް ނުކުރަން: ނަޝީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ނިންމުމާއި އެއްގޮތަށް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި "އެއްވެސް މީހަކަށް ތާއީދު ނުކުރަން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ތާއީދު ކުރެއްވީ ޑިމޮކްރެޓްސްގެ ފަރާތުން، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް ކަމަށާއި، ކަން ދިމާކުރި ގޮތުން އޭނާއަށް ކާމިޔާބު ވެފައި ނުވާ ކަމަށެވެ.

އަދި ޕާޓީގެ ނިންމުމާއި އެއްގޮތަށް ވަކި މީހަކަށް ތާއީދު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އަވަށްޓެރި އެހެން ޤައުމުތައް، މި ރިޔާސީ އިންތިޚާބުގެ ތެރެއަށް ނުވެއްދުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިންތިޚާބެއް މިއީ. މި ރާއްޖޭގެ ރައްއްޔިތުން މިއަށް ވޯޓު ދޭން އޮތީ." ނަޝީދު ވިދާޅުވިއެވެ.

 

ރައީީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއަށް، އިދިކޮޅު ލީޑަރު، ރައީީސް ޔާމީނާއި ބައްދަލުކުރައްވަން އެދިވަޑައިގަތުމުން، އެމަނިކުފާނު އެކަމަށް އުޒުރުވެރިވެވަޑައިގަތީ، ޕާޓީގެ މެމްބަރުންގެ ރުހުން އެކަމަށް ނެތުމުން ކަމަށާއި، ކުރިއަށް އޮތްތަނުގައި މަޝްވަރާ ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!