ޚަބަރު ސިޔާސީ

އެމްއާރުއެމްގެ ގިނަ މެންބަރުންތަކެއްގެ ތާއީދު ޑރ. މުއިއްޒުއަށް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

 

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދުކޮށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ލީޑަޝިފްގެ ގިނަ މެންބަރުންތަކެއް ބައިއަތުހިފައިފިއެވެ.

މިއަދު ހަވީރު ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި، މުއިއްޒުއަށް ތާއިދު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްއާރުއެމްއަށް ނިސްބަތްވާ މިސަރުކާރުގައި މިހާރުވެސް އިސް މަޤާމުތަކެއް ފުރުއްވަމުން ގެންދަވާ ބޭފުޅުން ހިމެނެއެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ބޭފުޅުންނަކީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ކެނޑިޑޭޓް އަޙްމަދު ފާރިސްގެ ކެންޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންނެވެ.

ޑރ. މުއިއްޒުއަށް ތާއީދުކުރައްވާ، ބައިއަތުހިފި ބޭފުޅުން:

– އަޙްމަދު އިބްރާހިމް، އެމްއާރުއެމް ކައުންސިލް މެންބަރު
– އިސްމާޢިލް ޒަބީހު، އެމްއާރުއެމް ކައުންސިލް މެންބަރު
– ޢަލީ ތޯއިފް، އެމްއާރުއެމް ކައުންސިލް މެންބަރު
– އިސްމާޢިލް ރައޫފް، އެމްއާރުއެމް ކައުންސިލް މެންބަރު
– އަނީސް، އެމްއާރުއެމް ކައުންސިލް މެންބަރު
– އަޙްމަދު ޒިޔާން، އެމްއާރުއެމް ކައުންސިލް މެންބަރު
– ޝިމާޒު ޢަލީ، އެމްއާރުއެމް ކައުންސިލް މެންބަރު
- ޝާން އަހުމަދު ނިޔާޒު، އެމްއާރުއެމް ކައުންސިލް މެންބަރު
- އަހުމަދު އަފްޒަލް، އެމްއާރުއެމްގެ ސަޕޯޓަރެއް

އެމްއާރުއެމް އިން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައެވެ. އެ ނިންމުމާއެކު އެޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ މުއިއްޒުއަށް ތާއީދުކުރައްވާފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގިނަ މެންބަރުންތަކެއްވެސް ވަނީ ރޭ ޑރ. މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް ސޮއިކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!