ޚަބަރު

ދީނުގެ ޙުކުމްތަކަށް ބަސްބުނާ ބަޔަކަށް ތާއީދު ކުރުމަކީ ހުއްދަ ކަމެއް ނޫން

ދެން އެމްވީ ، ދެން އޮންލައިން

އިންސާނީ ހައްގުތަކުގެ ނަމުގައި މި ލޮބުވެތި ވަތަނުގެ އިސްލާމީ ވަންތަކަމަށް ލޮޅުން އަރުވައި ދީނުގެ ޙުކުމްތަކަށް ބަސްބުނާ ބަޔަކަށް ތާއީދު ކުރުމަކީ މުސްލިމަކަށް ހުއްދަ ވެގެން ވާނެ ކަމެއް ނޫންކަން ކޮންމެ މުސްލިމަކު ހަނދާން ކުރަން ޖެހޭކަމަށް ރާއްޖޭގެ މަޝްހޫރު އިލްމްވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިއްޔެ ކުރެއްވި ޓުވީޓެއްގައި އިލްޔާސް ވިދާޅުވީ އިލާހީ ރަހުމަތް ލިބިގަތުމަށްޓަކައި ދީނުގެ ޙުކުމްތަކަށް ބަސްބުނާ މީހުންނާއި ގުޅުން ކަނޑާލަން ޖެހޭކަމަަށެވެ.

"އިންސާނީ ހައްގުތަކުގެ ނަމުގައި މި ލޮބުވެތި ވަތަނުގެ އިސްލާމީ ވަންތަކަމަށް ލޮޅުން އަރުވައި ދީނުގެ ޙުކުމްތަކަށް ބަސްބުނާ ބަޔަކަށް ތާއީދު ކުރުމަކީ މުސްލިމަކަށް ހުއްދަ ވެގެން ވާނެ ކަމެއް ނޫންކަން ކޮންމެ މުސްލިމަކު ހަނދާން ކުރަން ޖެހޭ ، އިލާހީ ރަހުމަތް ލިބިގަތުމަށްޓަކައި އެފަދަ ބަޔަކާ ގުޅުން ކަނޑާލަން ޖެހޭ" އިލްޔާސް ޙުސައިން ވިދާޅުވެފައިވެއެވެ.

އިލްޔާސްގެ ޓުވީޓްގައި ވަކި މީހެއްގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް ރަށެއްގައި ބައްޔެއް އުޅުނަސް އެރަށެއް ކަރަންޓީނު ކުރަން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ޝައިޚް އިލްޔާސް ވަނީ ފާޑު ވިދާޅުވެފައެވެ.

ނަޝީދަށް ފާޑު ވިދާޅުވަމުން ޝައިޚް އިލްޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށެއްގައި ގައިން ގަޔަށް އަރާ ބައްޔެއް ފެތުރޭނަމަ އެރަށަކަށް ނޭރުމަށް އަދި އެތަނެއްގައި ތިބި ބަޔަކު އެތަނުން ބޭރު ނުވުމަށް އެންގެވީ ލޮބުވެތި ނަބިއްޔާ ކަމަށާއި ލޮބުވެތި ނަބިއްޔާގެ ބަސްފުޅާ ދެކޮޅަށް އެއްވެސް ޖަމާޢަތެއްގެ ބަސް ގަބޫލު ކުރުމަކީ ހަގީގީ މުސްލިމެއްގެ ސިފައެއް ނޫން ކަމަށެވެ.

މުޅި ދުނިޔެއަށް ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރު ރާއްޖެއިން ވެސް ވަނީ ފެނިފައެވެ. އެގޮތުން މި ބައްޔަަށް ފައްސިވެފައިވާ 8 މީހަކު ރާއްޖެއިން ފެނިފައިވެއެވެ. އެއާއެކު ސަރުކާރުން ގެންދަވަނީ ހާލަތާއި ގުޅޭ ގޮތުން ކަރަންޓީނާއި އެކަހެރި ކުރުން ކުރިއަށް ގެންދަވަމުންނެވެ.

ގައިން ގަޔަށް އަރާ ނުރައްކާތެރި (ޠާޢޫން ފަދަ) ބަލިތަކާ ބެހޭގޮތުން ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.

"‏إِذَا سَمِعْتُمْ بِأَرْضٍ فَلاَ تَقْدَمُوا عَلَيْهِ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلاَ تَخْرُجُوا فِرَارًا مِنْهُ"‏‏ (رواه البخاري)

"އެބަލި ރަށެއްގައި އުޅޭކަމުގެ ޚަބަރު ލިބިއްޖެނަމަ ތިޔަބައިމީހުން އެރަށަކަށް ނުދާހުށިކަމެވެ. އަދި ތިޔަބައިމީހުން އެރަށެއްގައި ތިބި ރަށަކަށް އެބަލީގެ އަސަރުކޮށްފިނަމަ، ތިޔަބައިމީހުން އެބައްޔަށް ފިލުމަށް ރަށުން ނިކުމެގެންވެސް ނުދާހުށިކަމެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!