Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމައިފި

ކޮރޯނާވައިރަހާ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ކުރަމުން އަންނަ އަސަރުތަކާ ގުޅިގެން ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަން ނިންމައިފިއެވެ.

އެ ކުންފުނިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ކުންފުނިން ހިންގާ ރިސޯޓުތަކުން ކަަމަށްވެފައި، ރިސޯޓުތަކަށް އަންނަ ގެސްޓުންގެ އަދަދު މަދުވެ އާމްދަނީ ދަށްވަމުން ދާތީ، ކުންފުނިި ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރާނެ ކަމަށެވެ.

މުސާރައިގެ ގޮތުގައި، 4999 ރުފިޔާއަށް ވުރެ ދަށުން މަދުން ލިބޭ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް ކުޑަ ކުރުމަށް ނިންމާފައިވާއިރު މުސާރައިގެ ގޮތުގައި 5000 އާއި 9999 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަ ކުރުމަށް ވިލާއިން ވަނީ ނިންމާފައެވެ. އަދި މުސާރައިގެ ގޮތުގައި، 10000 އާއި 49999 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރައިން 35 ޕަސެންޓް ކުޑަ ކުރާއިރު، 50000 ރުފިޔާއަށް ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ކުޑަ ކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

Advertisement
Allied — Dhen Online (box)

ވިލާ އިން ބުނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމީ އެ މީހުން ވަޒީފާ އިން ކަނޑާލައިފި ނަމަ އެ މީހުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެތީ އާއި މުސާރަ އަށް ކުރާ ޚަރަދު މި ވަގުތަށް ކުޑަނުކޮށްފި ނަމަ އެ ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށެވެ.

އަދި ހާލަތު ރަނގަޅުވަމުންދާ ވަރަކަށް މުސާރައަށް ބަދަލު ގެންނަމުން ދާނެ ކަމަށާއި ލިބޭ މުސާރަ މަދުވުމަކީ ކޮންމެ މީހަކަށްވެސް ދަތިވާނެ ކަމަކަށްވާތި އެކަމަށްޓަކައި ހުރިހާ މުވައްޒަފުންގެ ކިބައިން މައާފަށް އެެދޭ ކަމަށްވެސް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް