ޚަބަރު

މާލެއަށް ނުގޮސް ޚިދުމަތް ހޯދޭނެ ފެންވަރަށް އައްޑޫ ހޮސްޕިޓަލު ތަރައްޤީ ކުރާނަން: މުޢިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ސިޓީއަށް ނުގޮސް، ޚިދުމަތް ހޯދޭ ފެންވަރަށް އައްޑޫ ސިޓީގެ ހޮސްޕިޓަލް ތަރައްޤީ ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ސިޓީގެ ހިތަދުއަށް ވަޑައިގެން މުޢިއްޒު ވިދާޅުވީ، ހިތަދޫގައިވާ ހޮސްޕިޓަލުން އެމްއާރްއައިގެ ޚިދުމަތް ހޯދޭނެ ގޮތް ހަދައި، ކެތު ލެބެއް ޤާއިމުކޮށް، އެހެނިހެން ޚިދުމަތްތައް ވެސް ތަޢާރަފު ކުރައްވަވާނެ ކަމަށެވެ.

"އަދި އެއާއިއެކީގައި ޓޫރިޒަމް، އަޅުގަނޑު އޮންނާނީ ދަންނަވާފައި، އިންޓެގްރޭޓެޑް ޓޫރިޒަމް، 6،000 އެނދު ހާސިލުވާ ވަރަށް ޓޫރިޒަމް މަޝްރޫޢުއެއް، އިރާދަކުރެއްވިއްޔާ، ޙަޤީޤަތަކަށް ހަދައިދީ، އައްޑޫ ސިޓީއަށް 10،000 މީހުންގެ ވަޒީފާ ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އަމާޒު."އެމަނިކުފާނު ވިދާޅުވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ، އައްޑޫ ސިޓީގެ ރައްޔިތުން، އެ ސިޓީގެ ކުރިމަގަށްޓަކައި ކުރާ އުއްމީދު ޙަޤީޤަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން، އެދިއެދި ތިބި ތަރައްޤީ، ދުވަހަކު ވެސް އަދި ބޭނުންވާ ގޮތަށް ލިބިފައެއް ނުއެއްވޭ. އެކަން ހާސިލުކޮށްދިނުމުގައި، އަޅުގަނޑަށް ތިބޭފުޅުން އިތުބާރު ކުރައްވާ، ޒިންމާ ޙަވާލު ކުރައްވައިފިއްޔާ، އެ ޒިންމާ ފުރިހަމައަށް އަދާކޮށްދޭނަން." މުޢިއްޒު ވިދާޅުވިއެވެ.

އައްޑޫ ސިޓީ އަކީ، ރިޔާސީ ކެމްޕެއިނުގައި މުޢިއްޒު ވަޑައިގަންނަވާނެ އެންމެ ފަހު މަންޒިލެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!