ޚަބަރު

ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ, ޑރ. މުޢިއްޒު ހުވާ ކުރައްވައިފި 

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާ, ޑރ. މުޙައްމަދު މުޢިއްޒު ހުވާ ކުރައްވައިފިއެވެ.

Ads by STELCO

އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވަނީ މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވަނިިކޮށެވެ. އެމަނިކުފާނު ވަނީ މިއަދު މާލެ ސިޓީގެ މޭޔަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

ޑރ. މުޢިއްޒު ވަނީ 2013 އިން 2018 އަށް ސަރުކާރުގެ ހައުސިންގެ އެންޑް އިންފްރާސްޓރަކްޗަރ ޑިވެލޮޕްމަންޓް ވުޒާރާގެ ވަޒީރުކަމުގައި މަސައްކަތް ކުރައްވާފައެވެ.

މުޢިއްޒު ޕީއެޗްޑީ ޙާޞިލްކުރެއްވީ ސިވިލް އިންޖިނިއަރރިންގް ގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ލީޑްސްއިންނެވެ. ޔުނިވަރސިޓީ އޮފް ލަންޑަން އިން ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރެއްވުމުގެ ކުރިން ހަމަ އެ ޔުނިވާސިޓީއިން ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

ޑރ. މުޢިއްޒު ވަނީ އޭޝިޔާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ބޭންކް (އޭ.އައި.ޑީ.ބީ)އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ގަވަރނަރގެ ހައިސިއްޔަތުންވެސް މަސައްކަތްކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!