ޚަބަރު ރައްޔިތުންގެ މަޖިލިސް

ޢިލްމުވެރިންގެ ޢިލްމީ ދިރާސާތައް ގިނަކުރައްވާ ޢާންމުކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޢިލްމުވެރިންހެ ޢިލްމީ ދިރާސާތައް ގިނަކުރައްވައި އަދި ޢާންމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިލްމުވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

Ads by MWSC

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާ ކުރެއްވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވާ ތަޤުރީރު ކުރައްވަމުންނެވެ. އެގޮތުން، ކޮންމެ ޤައުމެއްގައިވެސް ޢިލްމުވެރިންނަކީ އެ ޤައުމެއްގެ އިންސާނީ ކިއްލާގެ އެންމެ އުސް ކުރިބޯށިތައް.ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައިވެސް ތަފާތު ގިނަ ދާއިރާތަކުގެ ޢިލްމުވެރިން އެބަތިއްބެވި ކަމަށެވެ.

ދީނީ ރޮނގުން، ބަހުގެ ރޮނގުން، ބޭސްވެރިކަމުގެ ރޮނގުން، އިމާރާތްކުރުމާއި ވިޔަފާރިއާއި ފަތުރުވެރިކަމާއި ޓެކްލޮނޮލޮޖީއާއި ސައިންސްގެ އެކި ދާއިރާތަކުންވެސް ރާއްޖޭގައި ޢިލްމުވެރިން އެބަތިއްބެވި ކަމަށާއި ވަކިން ޚާއްސަކޮށް އުގަންނައިދިނުމުގެ އެކި އެކި ދަރަޖަތަކުން ޢިލްމުވެރިން ތިއްބެވިކަމަށް ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ތަންފީޒުކުރާނަން ސިޔާސަތުގައި ކޮންމެ ދާއިރާގައިވެސް ޢިލްމާއި ޢިލްމުވެރިންގެ އަގު ވަޒަންކުރާނަން، ޤަދަރާއި ކަމޭހިތުން ދޭނަން، ޢިލްމުގެ ނޫރު ބަބުޅާ ކޮންމެ ހިތަކީ، އެފަދަ ކޮންމެ ނިތަކީ އަޅުގަނޑުމެންގެ ގާތުގައި އުޖާލާ ތަރިއެއް. ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުވާން އަޅުގަނޑު ބޭނުން. އުފެދުމުން އަންން ޖީލުތަކަކީ މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ މާތް އަޚްލާގެއްގެ ވެރި ބަޔަކަށް ވެފައިވާތަން ދެކެން އަޅުގަނޑު ޝައުގުވެރިވަން" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މާތްވެގެންވާ އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ލޯބިއިތުރުކުރުމަށްޓަކައި މަސައްކަތްކުރައްވާނެކަމަށާއި، އެކަމަށް އެންމެ މުހިންމު ޢިލްމުވެރިންގެ ޚިދުމަތަށް މަގު ތަނަވަސްކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ދީނީ ޢިލްމުވެރިންގެ ދުލާއި ޤަލަމަށް ރައްކާތެރި އަމާން ވެށްޓެއް ކަށަވަރުކޮށްދޭނަން، ސަރުކާރުން ދޭނީ ތާއީދާއި އިޖާބަ، ތަރުހީބު މަދަދާއި އެހީތެރިކަން. ކީރިތި ޤްރުއާނުގެ ތަޢުލީމާއި އެއްގޮތަށް ޙިކްމަތްތެރިކަމާއި ރިވެތި ވައުޟާއި ނަޞޭހަތުން ތިޔަބޭފުޅުން ދީން ހުށަހަޅުއްވައިދެއްވާ. ދިވެހި ދަރިންނަކީ މާތްވެގެންވާ އިސްލާމްދީނާއި މި ދިވެހި ލޮބުވެތި ޤައުމަށް ވަފާތެރި ޒިންމާދާރު މުރާލި ބަޔަކުކަމުގައި ހައްދަވައިދެއްވާ! އެކަމުގައި އުގަންނައިދިނުމާއި މުޢާމަލާތް ކުރުމުގައި ޒަމާނީ ޢިލްމީ އާގޮތްތައް ބޭނުންކުރައްވާ. މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރެވޭ ފަދަ ޒަމާނީ އުޞޫލުތަކަށް އަހުލުވެރިވެވަޑައިގެން އެގޮތްތައް ބޭނުންކުރައްވަވާ" ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންނެވިއެވެ.

އަދި އެ ފުރުޞަތުގައި އެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި އިއްޒަތްތެރި ޢިލްމުވެރިންނާއި އަދި ރާއްޖޭގެ ޢިލްމީ މުއައްސަސާތަކުގެ ފަރާތުން އެދިވަޑައިގަންނަވާ ވަރަށް މުހިންމު ކަމެއް ދަންނަވާލަން ބޭނުންފުޅުވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"... އެއީ، ތިޔަ ބޭފުޅުންގެ ޢިލްމީ ދިރާސާތައް ގިނަކުރައްވާ އެ ދިރާސާތައް އާންމުކުރެއްވެވުން، އެކަމުގެ މަގުތައް އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ ފަހިކޮށްދޭނަން، އަޅުގަނޑު ބޭނުންވާ ގޮތަކީ ޤައުމީ ތަރައްޤީއާބެހޭ ސިޔާސަތުތައް އެކުލަވާލުމުގައި އެކަމުގެ ބިންގަލަކީ އަދި އަސްލަކީ ޢިލްމުވެރިންގެ ޢިލްމުވެރިންގެ ޢިލްމީ ދިރާސާތައް ކަމުގައި ހެދުން. އެހެނީ، ޤައުމު ބިނާކުރުމުގައި އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދިވެހިންގެ ކަންކަން ނިންމާނީ ދިވެހީން، އެކަމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ކޮންމެ ދާއިރާއަކުން ނަމަވެސް، ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައް" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިއަދަކީ ޒަމާންތަކަކަށްފަހު ދިވެހިން ދިވެހިންގެ ރާއްޖެއަށް އަލުން އެނބުރި ދިޔުމުގެ ޚާއްސަ ދުވަހަށް ރިޔާކޮށާލި ދުވަސްކަމަށާއި މިއަދު، ދިވެހީންގެ އުންމީދުތައް ހާޞިލްކޮށްދީ ކަންބޮޑުވުންތައް ޙައްލުކޮށްދިނުމުގެ ލޮބުވެތި ވިންދުތައް ހިތްތަކުން ޖަހަމުންދާ ދުވަހެއް ކަމަށެވެ.

އަދި ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެބައެއްގެ އާރާއި ބާރާއި ޤަދަރާއި އިޙްތިރާމް ނެގުމަށްޓަކައި މައިގަނޑު ދެބައިވަތެއްގެ ބިނާކުރުމެއް ބިނާކުރަންޖެހޭކަމަށް ފާހަގަކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެއީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުން ކަމަށާއި، އެހެން އިބާރާތަކުން ދަންނަވާކަމުގައިވާނަމަ ގެދޮރާއި ދިފާޢީ ހުރަސްތަކާއި މަގުތަކާއި ފާލަންތަކާއި އޮފީސްތައް ބިނާކުރުމަށް ހެޔޮވިސްނުންހުރި ސިކުނޑިތަކެއް ލިބިފައިވާ އަޚްލާޤު ރަނގަޅު މުޖްތަމަޢުއެއް ބިނާކުރުން މުހިންމުކަމަށެވެ.

އެހެންކަމުން އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި ޤައުމުގެ ސިކުނޑިތައް ބިނާކުރުން ކަމަށާއި، މިފެށޭ ދައުރުގެ ސިޔާސަތަކަށް ވާނީ މި ދެބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުންކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ޢިލްމާއި ހުނަރު، އަޚްލާޤާއި ދީން، އުޅުންތެރިކަމާއި މަސައްކަތްތެރިކަން، މިކަންކަނަ ދިވެހި ދަަރިންގެ ކިބައިގައި އަށަގެންނެވުމަކީވެސް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

  1. ނެތީމޭ

    ޙާކިމާ ހާކިމާ އޯއި ހާކިމާ ބަލަގަ ތަ ތިޔާ ކަޅު ބިއްލޫރި ޖެހި ކާރުގައި ބަރުގޮނު އަޅުވަމުން ހިންނަވަރޭ ދަތުރު ކުރި ގޮތަށް ކުރާތީވެ މަމެން ކޮސްވެއޭ ހަމަބިމަށް ފައިބާ ތަންކޮޅެއް ހިތްތިރިވާނެ ކަމަށޭ މަމެން ހީކުރީ ތަ މަމެންނަށް ބުނެދެގަ ތިޔާ ވަޒީރު ނަސީރު މެދުވެރިކޮށް މާސްޓަރ ޕްލޭންގެ މާނަ އެއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއްތޭ ތަމެން ހާދަ މޮޅޭދޯ ތަމެން ގައުމީ ވަންތަ ކަން ވެސް ދަމަހައްޓަނީ މުނާފިގު އުސޫލުންނޭ ބުނަން މަމެން ނެތީމޭ ސާވަހޭ ސާބަހޭ ސާބަހޭ ތަމެން ނެގި ޕީއެޗްޑީ އެއީ އަސްލު ޕިއެޗްޑީތޭ ނުވަތަ ޓްރިކީ އޯލްޑް ޓީޗަރ ޕީއެޗްޑީތޭ އަހަން މަމެން ބޭނުމެއް ނުވެއޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ ނެތީމޭ..