ޚަބަރު

މައުމޫންގެ ހާލުކޮޅު ރަނގަޅު: ޔުމްނާ

ދެން އެމްވީ ، ދެން އޮންލައިން

އައިޖީއެމްއެޗް ހޮސްޕިޓަލުގައި މިއަދު އެޑްމިޓްކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނު ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އައިޖީއެމްއެޗްގައި މައުމޫން އެޑްމިޓްކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫންގެ ހާލުކޮޅު އިރާދަކުރެއްވިިިއްޔާ ރަނގަޅު ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޯގާ ދިިގުލާތީ ޓެސްޓުތައް ހަދައިި ފަރުވާ ދިނުމަށް ކަމަށެވެ. އަދި ހުރިހާ ބޭފުޅުންގެ ހެޔޮ ދުޢާއަށް ޝުކުރު ދަންނަވާ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.

މައުމޫންގެ އާއިލީ ބޭފުޅުންނާއި ހަވާލާދީ ބައެއް މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމަނިކުފާން އާލާސްކަންފުޅާއި އުޅުއްވާތާ ފަސް ދުވަސްވަރު ވަނީ ވެފައެވެ. މައުމޫން ވަނީ އިއްޔެ އެމަނިކުފާންގެ 82 ވަނަ އުފަން ދުވަސް ފާހަގަކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!