ސިޔާސީ

ހުރިހާ އެންޓި ކެމްޕެއިނެއް ގިރާކޮށް، މުޢިއްޒު ރައްޔިތުންގެ އިތުބާރު ހޯއްދަވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ މެޖޯރިޓީ ހޯއްދަވައި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަގެ 8 ވަނަ ރައީސްގެ މަގާމު ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކަށަވަރު ކުރައްވައިފިއެވެ.

Ads by MWSC

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑރ. މުއިއްޒު މި އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 12،000 އަށްވުރެއް ގިނަ ވޯޓުގެ ފަރަގަކުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މިއިންތިހާބުގައި ކަށަވަރު ކުރެއްވުނީ 80،000 އެއްހާ ވޯޓެވެ.

ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި މިވަނީ އެމްޑީޕީން “އެޓޭކް މޯޑު” ގައި ނިކުމެ ވަރުގަދައަށް އެންޓި ކެމްޕެއިން ކުރަމުން ދަނިކޮށެވެ.

އެގޮތުން މުއިއްއްޒުގެ ދޮންމަންމާފުޅާއި ގުޅުވައި ވާހަކަތަކެއް ފެތުރުމާއި، މުއިއްޒުގެ ގެކޮޅުގައި ކުރިން އުޅުނު މެއިޑާއި ގުޅިގެން އަދި ޖަމިއްޔަތުއް ސަލަފާއި ގުޅުވައި އެމްޑީޕީން އެންޓި ކެމްޕެއިން ކުރިއެވެ.

މި ހުރިހާ ކަމެއް ގިރާކޮށް ޑރ. މުއިއްޒު މިވަނީ ދިވެހި ރައްޔިތުންގެ އިތުބާރު ހޯއްދަވައިފައެވެ.

ގިނަ އަތޮޅު ތަކަކުން ޑރ. މުއިއްޒު މެޖޯރިޓީ ހޯއްދެވިއިރު 3 ސިޓީއެއްގެ މެޖޯރިޓީވެސް މުއިއްޒު ވަނީ ނަންގަވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!