ޗައިނާގެ ސިފައިން ދަރިން ހޯދުމަށް ސަރުކާރުން ބާރު އަޅަނީ
އުމުރުން ދުވަސްވީ މީހުންނާއި އަލަށް އުފަންވާ ކުދިން މަދުވުމުގެ ސަބަބުން ޗައިނާއަށް ޑިމޮގްރަފިކް ޑިލެމާއެއް ކުރިމަތިވެފައިވާ އިރު، އެ ގައުމުގެ ލީޑަރު ޝީ ޖިންޕިން ވަނީ ސިފައިންނާއި އެމީހުންގެ އަނބިކަނބަލުންނަށް އާ އަމުރެއް ދީފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ހަމައެކަނި ގައުމުގެ އާބާދީއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމުގެ އިތުރުން ތައުލީމީ އާބަން ޕްރޮފެޝަނަލުންނަށް އަސްކަރިއްޔާއަކީ ކެރިއަރުގެ ހިތްގައިމު އޮޕްޝަނަކަށް ހެދުމުގެ މަގްސަދުގައި އެޅި ފިޔަވަޅެކެވެ.
ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ޗައިނާގެ ކޮމިއުނިސްޓް ލީޑަރުން ވަނީ ފެމިލީ ޕްލޭނިން އާއި އަސްކަރިއްޔާއާ ގުޅޭ އާ އެގްޒެކެޓިވް އޯޑަރެއް އިއުލާނުކޮށްފަ އެވެ. މި އަމުރަށް އަމަލުކުރަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
33 އައިޓަމްގެ ޕްލޭންގެ ފުރިހަމަ ތަފްސީލް އަދި އާންމުކޮށްފައި ނުވި ނަމަވެސް ދައުލަތުގެ މީޑިއާއިން ބުނަނީ މި ސިޔާސަތުގެ ދަށުން "[ރޭވިފައިވާ] އުފަންވުންތަކާއި އިނާޔަތްތަކާއި ގުޅުންހުރި ހިދުމަތްތަކުގެ އެޑްޖަސްޓްމަންޓްތައް ސްޓޭންޑަރައިޒްކޮށް، ވިހެއުމުން ފެށިގެން ކުޑަކުދިން ބެލެހެއްޓުމާ ހަމައަށް "ފުރިހަމަ ޗެއިނެއް" އުފައްދައި، "ފުރިހަމަ ޓެކްނިކަލް އެހީތެރިކަމާ އެކު" އެކުލަވާލާނެ ކަމަށެވެ.
ޗައިނާގެ އަސްކަރީ ފައުޖުތަކުގެ ރަސްމީ އެކައުންޓްތަކުގައި ލިޔެފައިވާ ޕޯސްޓުތަކުގައި ބުނެފައި ވަނީ މި ފިޔަވަޅުތަކުގެ ތެރޭގައި އަލަށް މައިންބަފައިންނަށް އަހަރަކު ފަސް ދުވަހުގެ ޗުއްޓީއެއް ދިނުމާއި، އަލަށް ލިސްޓުކޮށްފައިވާ މީހުންނަށް ހިދުމަތުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އާއިލާއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެއް ޕޯސްޓެއްގައި، ޖިނާންގައި ހުންނަ އަސްކަރިއްޔާގެ 73 ވަނަ ކޯޕްސް ގުރޫޕިންގައި މަސައްކަތް ކުރާ ޒުވާން ސިފައިންގެ ޒުވާނަކަށް އާ ފިޔަވަޅުތަކުގެ ދަށުން އާއިލީ ޗުއްޓީ ދީފައިވާ ކަމަށާއި އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތަކުން އޭނާ ހިނިތުންވެލާ މަންޒަރު ފެންނަ ކަމަށް ބުނެފައިވެ އެވެ.
ފަސް ދުވަހުގެ އަހަރީ ޗުއްޓީއަކީ 3 އަހަރުން ދަށުގެ ސިފައިންގެ ޗުއްޓީއަށް ވާއިރު، ޗައިނާގެ ސްޓްރެޓެޖިކް ސަޕޯޓް ފޯސްގެ ރަސްމީ ވެއިބޯ އެކައުންޓްގައި ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވެ އެވެ.