ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހު ޕާޓީގެ މެމްބަރުންނަށާއި މުދަލަށް ގެއްލުންދެމުން އަންނަ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނީ އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕާޓީގެ މަރަދޫ ދާއިރާގެ މެމްބަރާއި ފޭދޫ ދާއިރާގެ މެމްބަރުންނަށް ބަޔަކު ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އިންތިޚާބަށް ފަހު ދ. ކުޑަހުވަދޫ، ގއ. ކޮލަމާފުށީގައި ހުންނަ ޕާޓީގެ އޮފީސްތަކަށާއި ބައެއް ރަށްރަށުގައި ހުރި ކެމްޕެއިން ޕޯސްޓަރ ބިލްބޯޑު ފަދަ ތަކެއްޗަށް ބައެއް ފަރާތްތަކުން ގެއްލުން ދެމުން އަންނަ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ އިންތިޚާބަށްފަހު އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި މިފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރަށްޓެހި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.
އެހެންކަމުން ޕާޓީގެ މެމްބަރުންނާއި މުދަލަށް ގެއްލުން ދިނުން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ މަޖިލިސް މެމްބަރުންނަށާއި އެ ޕާޓީގެ އެކިއެކި އޮފީސްތަކަށް ގެއްލުން ދިން ފަރާތްތައް ހޯދާ އެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ ކެމްޕެއިން ތެރޭގައިވެސް އަދި އިންތިޚާބަށްފަހުވެސް ޒިންމާދާރު ސިޔާސީ ޕާޓީއަކުން އަމަލުކުރަން ވާނީ ސުލްހަވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އިންތިޚާބުން ނިކުންނަ ނަތީޖާއަށް އިހްތިރާމް ކުރުމާއެކު އެ ޕާޓީން ހިންގާ ހަރަކާތްތައް ހިންގުމަށް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
2008 ކުން ފެށިގެން މިގައުމުގަ ހިންގި ހުރިހާ ބޮޑެތި ޖަރީމާ ހިންގީވެސް އެމްޑޕީ މީހުން ގައުމުގަ ފުރަތަމަވެސް ހަމަނުޖެހުން އުފެއްދި ބަޔަކީ ތީ އެކަން އިނގެނެ ޅަކުދިންނަށްވެސް
މެމްބަރުންނަށް ގެއްލުން ނުދީ އެމްޑީޕީ ތަކެއްޗަށް ގެއްލުން ނުދީ ސިޔާސީ ގޮތުން ވާހަކަ ދައްކަންވީ ވަޔަލެންސް އަށް ހިތްވަރު ނުދޭންވީ އެކަމަކު ރާއްޖެ ފަދަ ވަޔަލެންސަށް ލޯބި ކުރާ މުޖުތަމައު އެއް އޮތުމުންނޭ މިފަދަ ކަންކަން މިިހިނގަނީ މިގޮތަށް…