މޫސުން ގޯސް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހެނދުނު 08:00 އިން ފެށިގެން މެންދުރު 01:00 އާ ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ މިވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.