ޚަބަރު

ރައީސް ސޯލިހު މިއަދު ގައުމާ މުހާތަބު ކުރައްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މެންދުރު ގައުމާ މުހާތަބު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 2:00ގަ އެވެ. މިއީ ކޮރޯނާވައިރަސް ޖެހިފައިވާ ބަޔަކު ރާއްޖެއިން ފެނުނު ފަހުން ރައީސް ގައުމާ މުހާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް ސޯލިހު ގައުމާ މިއަދު މުހާތަބު ކުރައްވަން ހަމަޖެހިފައިމިވަނީ އެމަނިކުފާނު ރައްޔިތުންނަށް ނުފެންނާތީ އިދިކޮޅުން ފާޑުކިޔަމުންދަނިކޮށެވެ.

އެހެން ނަމަވެސް، ކޮރޯނާވައިރަސްއާ ގުޅޭ ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް އެ ފާޑުކިޔުންތަކާ ގުޅިގެން ވިދާޅުވީ، މި ދަނޑިވަޅުގައި ކަންކަން ނިންމެވުމުގައި ރައީސް އުޅުއްވަނީ ވަރަށް އަވަދިނެތި ކަމަށާއި ދުވަހެއް ދުވަހަކަށް ކަންކަން ހިނގާ ގޮތް ބައްލަވަމުން ގެންދަވާ ލަފާދެއްވަމުން ގެންދަވާ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ.

ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!